މާފަންނު ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ފުންމާލި އަންހެން މީހާ މަރުވެއްޖެ އެވެ.
އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ އެ މީހާ ނިޔާވެފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން މި ވަގުތަކީ މަރުވި މީހާގެ އާއިލާއަށް ހިތާމަވެރި ވަގުތެއްކަން ފާހަގަކޮށް ފުލުހުން ބުނީ އެ މީހާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލްމީޑިއާގައި ހިއްސާ ނުކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.
މިހާތަނަށް އެހެން މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދިވެހި އަންހެނެކެވެ. އަދި އެ މީހާ ފުއްމާލި ކަމަށް ބުނަނީ މ. ހަސޯވާ ގެއިންނެވެ. ސޯޝަލް މީޑީއާގައި އެ ސަރަހައްދު ފެންނަ ބައެއް ވީޑިއޯތައް ވެސް ދައުރުވަމުން އެބަ ދެ އެވެ.












