ޔުނައިޓެޑުން ޑި ލިޓް އާއި މަޒްރައޮއީގެ ޑީލް ނިންމަނީ 70 މިލިއަން ޑޮލަރަށް

Aug 11, 2024, 2:46 AM
ޔުނައިޓެޑުން ޑި ލިޓް އާއި މަޒްރައޮއީގެ ޑީލް ނިންމަނީ 70 މިލިއަން ޑޮލަރަށް

މެންޗެސްޓާ (އޮގަސްޓް 11) - މެންޗެސްޓާ ޔުނައިޓެޑުން ބަޔާން މިއުނިކަށް ކުޅޭ ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އާއި މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރައޮއީގެ ޑީލް، 70 މިލިއަން ޑޮލަރަށް ނިންމަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ޑި ލިޓް އާއި މަޒްރައޮއީ ވަނީ، މީގެ ކުރިން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްއާ އެކު، އަޔަކްސްގައި މަސައްކަތްކޮށްފަ އެވެ. އެ ގޮތުން، ޑި ލިޓް އަކީ، 2019 ވަނަ އަހަރު އަޔަކްސް އިން ޓެން ހާގާ އެކު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނުއިރު، ޓީމުގެ ކެޕްޓަން އެވެ.

ބަޔާނުން އެއްބަސްވެފައިވަނީ، 55 މިލިއަން ޑޮލަރަށް ޑި ލިޓް ދޫކޮށްލުމަށާއި 15 މިލިއަން ޑޮލަރަށް މަޒްރައޮއީގެ ޑީލް ނިންމުމަށެވެ.

ޔުނައިޓެޑުން ވަނީ އެ ޓީމަށް ކުޅޭ، އިނގިރޭސި ފުލްބެކް، އާރޮން ވަން-ބިސާކާ، 20 މިލިއަން ޑޮލަަރަށް ވެސްޓް ހޭމް ޔުނައިޓެޑަށް ވިއްކާލަން ނިންމައިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑުން ލިލް އިން ގަތް 19 އަހަރުގެ ޑިފެންޑަރު، ލެނީ ޔޯރޯ ވަނީ އަނިޔާވެ ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. އަނެއްކޮޅުން، ޔުނައިޓެޑްގެ ފޯވާޑް، ރަސްމުސް ހޮއިލުންޑް ވެސް ހުރީ އަނިޔާގަ އެވެ.

އަޔަކްސް ދޫކޮށް، 2019 ވަނަ އަހަރު 81 މިލިއަން ޑޮލަރަށް ޔުވެންޓަސް އަށް ބަދަލުވި ޑި ލިޓް، މީގެ ދެ އަހަރު ކުރިން ބަޔާނަށް ސޮއިކުރީ، 78 މިލިއަން ޑޮލަަރަށެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ތޯމަސް ޓުޗެލް ބަޔާނަށް ކޯޗުކޮށްދިންއިރު، ޑި ލިޓް އަށް މާގިނަ ފުރުސަތެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox