ތިނަދޫގައި ތިބި ބިދޭސީން ޑީޕޯޓްކުރުމާއި މުޒާހަރާއާ ގުޅުމެއް ނެތް ކަމަށް އެޗްއާރްސީއެމުން ނިންމައިފި

ގދ. ތިނަދޫގައި ކުރިއަށް ދިޔަ ބިދޭސީންގެ މުޒާހަރާ -- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ތިނަދޫގައި ކުރިއަށް ދިޔަ ބިދޭސީންގެ މުޒާހަރާ -- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ތިނަދޫގައި މުޒާހަރާ ކުރުމުން އެއީ ވިސާގެ ޝަރުތަކާ ހިލާފުވުން ކަމަށް ކަނޑައަޅައި ޑީޕޯޓްކުރުމަށް ސަރުކާރުން ނިންމާފައިވާ ބިދޭސީން ޑީޕޯޓްކުރަނީ ސީދާ މުޒާހަރާގެ ސަބަބަށް ވުރެ ވިސާ ނެތުމުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އަޑު އުފުލުމަށް އެ ރަށުގެ ދާރުލްއާސާރު ކުރިމަތީ އެއްވި ބިދޭސީން ޑިޕޯޓްކުރަން ނިންމީ މީގެ ތިން ހަފުތާއެއް ކުރިންނެވެ. މުޒާހަރާއަކީ ހައްގެއް ކަމަށް ބުނެ މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނީ ޖުލައި 27، ގަ އެވެ.

ތަހުގީގާ ގުޅޭ ގޮތުން ސުވާލުކުރުމުން އެޗްއާރުސީއެމްގެ މީޑިއާއިން ފޮނުވި މެސެޖެއްގައި ބުނީ އެ ކޮމިޝަނުން ބެލި ބެލުމުން އެ ބިދޭސީންނަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަން އެނގިފައިވާ ކަމަށެވެ. ބިދޭސީން ތިބީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރެއްގައި ބަންދަކު ނޫނެވެ.

ކޮމިޝަނުން ބުނީ މިނިސްޓްރީން ބަލަމުން އަންނަނީ އެ މީހުންގެ ތެރެއިން ވިސާ ނެތް މީހުންގެ މައްސަލަ ކަމަށެވެ. އަދި ސަރުކާރުން ބިދޭސީންތަކެއް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަނީ އެ މައްސަލާގައި ކަމަށް ކޮމިޝަނުގެ މެސެޖުގައިވެ އެވެ.

"މުޒާހަރާކުރުމާ ގުޅިގެން އެއްވެސް މީހަކު ޑީޕޯޓު ކުރުމަށް ނިންމުމެއް ނިންމާފައިވާކަމަށް ކޮމިޝަނުން ބެލި ބެލުމުން ފާހަގައެއް ނުވޭ، އެހެންކަމުން ބިދޭސީން ޑީޕޯޓުކުރުން ހުއްޓުވުމަށް އެޗްއާރްސީއެމް އިން އަންގާފައެއް ނުވާނެ،" ކޮމިޝަނުން ފޮނުވި މެސެޖުގައިވެ އެވެ.

ނަމަވެސް މިއީ ސަރުކާރުން އެ ބިދޭސީން ޑިޕޯޓްކުރަން ނިންމި އިރު މީޑިއާތަކާ މައުލޫމާތު ހިއްސާކުރި ގޮތެއް ނޫނެވެ. ހޯމް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދިނީ މުޒާހަރާ ކުރުމަކީ ވިސާގެ ޝަރުތަކާ ހިލާފު ވާތީ ޑިޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މައްސަލަ ބަލަން ނިންމައި އެޗްއާރުސީއެމުން ބަޔާން ނެރުނު ދުވަހު އެ ކޮމިޝަނުން ބުނެފައިވަނީ ވެސް ރާއްޖޭން ސޮއިކޮށްފައިވާ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރު، އައިސީސީޕީއާރުގައި ވެސް ބިދޭސީން ހިމެނޭހެން އެންމެނަށް ވެސް ސުލްހަވެރިކަމާއެކު އެއްވުމުގެ ހައްގު ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox