ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރަށް ރާއްޖެ އަންނަން ދައުވަތު ދީފި

އިސްލާމިކް މިނިސްޓަރު ޝަހީމު، ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރާއެކު: ޝަހީމު ވަނީ ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރަށް ރާއްޖެ އައުމުގެ ދައުވަތު ދީފަ --- ފޮޓޯ: ޝަހީމް / ސޯޝަލް މީޑިއާ

އިސްލާމިކް މިނިސްޓަރު ޝަހީމު، ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރާއެކު: ޝަހީމު ވަނީ ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރަށް ރާއްޖެ އައުމުގެ ދައުވަތު ދީފަ --- ފޮޓޯ: ޝަހީމް / ސޯޝަލް މީޑިއާ

ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލި މައްސަލާގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ ގައުމުގެ އިސްލާމިކް މިނިސްޓަރު ރާއްޖެ އައުމަށް ދައުވަތު ދީފި އެވެ.

ހަނިއްޔާ ޝަހީދުކޮށްލުމާއެކު އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކުން މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އިޒްރޭލުގެ އަމަލު ކުށްވެރިކޮށް ތައުޒިޔާ ކިޔެވެ. ނަމަވެސް ދިވެހި ސަރުކާރުން އެކަމާ ގުޅިގެން ބަޔާނެއް ނެރުނީ ހަމަލާއަށް 24 ގަޑިއިރުވީފަހުންނެވެ.

އެ ބަޔާނުގައި އިޒްރޭލުގެ ނަން ބޭނުން ނުކުރުމުންނާއި ގާޒާގައި ކުރިއަށްދަނީ ކާރިސާއެއް ކަމަށާއި "ޖެނޮސައިޑް" އެއް ކަމަށް ނުބުނާތީ ވެސް ފާޑުކިޔުން އަމާޒުވި އެވެ. އަދި އޭނާގެ މައްޗަށް ގައިބަށް ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނޭންގި މައްސަލާގައި ވެސް ފާޑުކިޔެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރަށް ރާއްޖެ އައުމަށް ދައުވަތު ދިންކަން އިއުލާނުކުރެއްވީ މިކަމުގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެވެ. އޭނާ ސޯޝަލް މީޑިއާގައި ވިދާޅުވީ ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާއާ ބައްދަލުކުރެއްވި ކަމަށެވެ.

"އަޅުގަނޑު ވާނީ އެމަނިކުފާނު ރާއްޖެ ވަޑައިގެން، އިސްލާމީ މަރުކަޒުގައި ހުތުބާއެއް ދެއްވުމަށް ދައުވަތު އަރުވާފަ، އިންޝާ ﷲ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ،" ޝަހީމު ލިޔުއްވާފައިވެ އެވެ.

ހަނިއްޔާގެ މައްޗަށް އިސްލާމީ ގައުމުތަކުގައި ގައިބަށް ކަށުނަމާދު ކުރީ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އެ ކަން ދޫކޮށްލީ އިމާމުންގެ އިހުތިޔާރަށެވެ.

މި ނިންމުމަށް ފާޑުކިޔުން އަމާޒުވުމުން ޝަހީމް ވިދާޅުވީ އެގޮތަށް ނިންމީ ގައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބަކަށް ނުވާތީ ކަމަށެވެ. އަދި އެކަމާ ފާޑުކީ ދީނީ އިލްމުވެރިންނާ އޭނާ ވަނީ ސޯޝަލް މީޑިއާގައި ޖަދަލުކުރައްވާފަ އެވެ.

"ދީނީ ކަމެއް ތި ގޮތަށް ސިޔާސީ ކޮށްލުމަކީ ވަރަށް ބޮޑު ނުބައެއް، ސަރުކާރާ މެދު ނަފުރަތު އުފައްދަން ތި ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ،" ކުރީގެ އިސްލާމިކް މިނިސްޓަރުގެ ފާޑުކިޔުމަށް ރައްދު ދެއްވާ ޝަހީމު ލިޔުއްވި އެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox