ތަފްސީރު ކްލާސް ހުއްޓުވީ ހަނިއްޔާގެ ކަށުނަމާދު މައްސަލައިގައި ޝަހީމް ރުޅި އައިސްގެން: ޑރ. އިޔާޒު

ޑރ. އިޔާޒު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް

ޑރ. އިޔާޒު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް

ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒުގެ ތަފުސީރު ކްލާސް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔުން ހުއްޓުވީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމާގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއާ ދެމެދު އުފެދުނު ދެބަސްވުމުގައި މިނިސްޓަރު ރުޅިއައިސްގެން ކަމަށް ޑރ. އިޔާޒު ވިދާޅުވެއްޖެ އެވެ.

އޭނާ އިސްލާމީ މަރުކަޒުގައި ސިލްސިލާކޮށް ތަފްސީރު ކުލާސް ކުރިއަށް ގެންދާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން، ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ އެ ކްލާސް ކުރިއަށް ގެންދެ އެވެ.

ނަމަވެސް އެ ދަރުސް ހުއްޓުވައި، އިސްލާމީ މަރުކަޒާއި ކިންގް ސަލްމާނު މިސްކިތް ފިޔަވައި، އެހެން މިސްކިތެއްގައި އެކަން ކުރަން އެންގި ވާހަކަ ފެތުރި، ޝަހީމް އަށް ފާޑުކިޔުން އަމާޒު ވުމުން، އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި އޭނާ ވިދާޅުވީ ތަފްސީރު ކުލާސް ހުއްޓައިލީ ޑރ އިޔާޒު އަމިއްލަ އަށް ކަމަށެވެ.

"ޑރ އިޔާޒު އަމިއްލަ ފުޅަށް ދަރުސް ކުރިއަށް ގެންދިއުން ހުއްޓަލިތާ އެއް މަހަށް ވުރެ ގިނަ ވެއްޖެ. ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އަންނަ ދަރުސެއް ހުއްޓުވާފަ ނުވާނެ. އަލުން ދަރުސް ދޭން ފަށަން އެދުނީ މިއަދު [އިއްޔެ]. ދެ މަަރުކަޒު ނޫންތަންތަނުގައި ކުރިއަށް ގެންދެވޭނެ ކަމަށްވާނީ ދަންނަވާފައި،" ޝަހީމް ވިދާޅުވި އެވެ.

މި ވާހަކަތައް ޑރ. އިޔާޒު ދޮގުކުރެއްވި އެވެ.

ތަފްސީރު ކުލާސް މެދުކެނޑިފައި އޮތީ ދަރިފުޅަކު ބަލިވެގެން އޭނާ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ކަމަށާއި ޒަރޫރީ ކަމެއްގައި ރަށުން ބޭރަށް ވަޑައިގަތުމަށް ދަރުސް މެދުނޑާލުމަކީ ޝެއިޚަކު އަލަށް ކުރެއްވި ކަމެއް ނޫން ކަމަށް ޑރ. އިޔާޒު ވިދާޅުވި އެވެ.

"[ކްލާސްތައް] މެދުކެނޑުން އެއީ ކުށަކަށް ވާނަމަ އެއީ އަލަށް ވާ ކަމެއް ނޫން. ނަމަވެސް މެދުކެނޑިގެން ފިޔަވަޅު އެޅި ފުރަތަމަ ފަހަރު،" ޑރ. އިޔާޒު ވިދާޅުވި އެވެ.

ޑރ، އިޔާޒުގެ ދަރިފުޅުގެ ބޭސްފަރުވާ އަށް ފަހު ރާއްޖޭ ވަޑައިގެން، ތަފްސީރު ކުލާސް އަލުން ފަށަން ވެގެން އެކަން އިސްލާމިކް މިނިސްޓްރީގެ ކަމާ ގުޅޭ މުވައްޒަފަށް މި މަހުގެ އެއް ވަނަ ދުވަހު އެނގި އެވެ. އެއީ އެކަން ކުރިން ވެސް ކުރައްވާ ގޮތެވެ.

ޑރ. އިޔާޒުގެ މިފަހަރު މެސެޖަށް ޖަވާބެއް އައުމުގެ އެއް ދުވަސް ކުރިން ހަނިއްޔާގެ ކަށުނަމާދުގެ މައްސަލައިގައި އެކްސްގައި "ޒުވާބެއް" ކޮށްފައިވެ އެވެ. އެހެންވެ، ޑރ. އިޔާޒު ގަބޫލު ކުރައްވާ ގޮތުގައި އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަމުން އައި ތަފްސީރު ކުލާސް ހުއްޓުވީ އެ ޒުވާބުގައި، މިނިސްޓަރު ރުޅިއައިސްގެން ކަމަށެވެ.

ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އެދި އަދާލަތު ޕާޓީން ޝަހީމް އަށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައި އޮތީ ޑރ. އިޔާޒެވެ. ނަމަވެސް ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ނަމާދަށް ފަހު ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މިނިސްޓްރީން ނާންގަ އެވެ. އެކަން އޮތީ އިމާމުންގެ އިހުތިޔާރަށް ދޫކޮށްލައިފަ އެވެ.

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރަން އެންގުމުގެ ބަދަލުގައި އެ ކަން އިމާމުންގެ އިހުތިޔާރަށް ދޫކޮށްލީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބަކަށް ނުވާތީ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox