އައްޑޫ އޮޕަރޭޝަންގައި ފުލުހުން ބޮޑީ ކެމެރާ ބޭނުން ނުކުރޭ، މައްސަލަ ރިވިއުކުރަނީ

ފުލުހުން ހިންގި އޮޕަރޭޝަންގައި އައްޑޫގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ދޮރުވައްޓާލާފައި -- ފޮޓޯ: އަދަދު

ފުލުހުން ހިންގި އޮޕަރޭޝަންގައި އައްޑޫގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ދޮރުވައްޓާލާފައި -- ފޮޓޯ: އަދަދު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އައްޑޫ ހިތަދޫ އެޕާޓްމަންޓަކަށް ދޮރު ވައްޓާލައިގެން ވަތް ކަމަށް މައްސަލައިގައި ބޮޑީ ކެމެރާ ބޭނުން ނުކުރާ ކަމަށާއި އޮޕަރޭޝަންގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތް ރިވިއު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެ އޮޮޕަރޭޝަނުގައި ފުލުހުން ވަނތް އެޕާޓްމަންޓްގައި އަންހެނަކު ފެންވަރަން ހުރި ފާހާނާއަކަށް ވަދެގަތް މައްސަލާގައި ފުލުހުންނަށް ފާޑުކިއުން އަމާޒުވި އެވެ.

އެ ފާޑުކިއުންތަކަށް ރައްދެ ދެމުން ފުލުހުން ބުނީ އެޕާޓްމަންޓަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން އެ އެޕާޓްމަންޓުގެ ދެ ކޮޓަރިއަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުންކޮށް ދޮރު ވައްޓާލައިގެން ކަމަށާއި އޭގެ ތެރެއިން އެއް ކޮޓަރީގައި ފެންވަރައިގެން ނިކުމެ ހުރި އަންހެނެއް ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށްފަހު ކޮޓަރިން ނިކުންނަން ފުރުސަތު ދީފައި ކަމަށެވެ.

އެޕާޓްމަންޓެއްގެ އެއްވެސް ފާހާނާއެއްގެ ދޮރެއް ވައްޓާލާފައި ވަދެފައި ނުވާކަން ފާހަގަކޮށް ފުލުހުން ބުނީ އޮޕަރޭޝަންގައި ބޮޑީވޯން ކެމެރާ ވެސް ބޭނުން ކޮށްފައި ނުވާ ކަމަށެވެ.

"މި އޮޕަރޭޝަން ހިންގުމުގައި ބާރުގެ ބޭނުންކުރި ގޮތުގެ ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.

ނަމަވެސް ބަލައި ފާސްކުރި ގޭގައި ކުއްޔަށް އުޅެމުންދާ އިބްރާހިމް ސާއިމް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ތިން ކޮޓަރި ހުންނަ އެ ގެ ރެއިޑްކުރިއިރު އެ ގޭގައި އެވަގުތު ތިބީ އޭނާގެ 19 އަހަރުގެ އަންހެނުންނާއި އަހަރެއް ނުވާ ތުއްތު ކުއްޖެއް ކަމަށާއި އަންހެނުން ފެންވަރަން ހުއްޓައި އެ ކޮޓަރީގެ ދޮރު ވައްޓާލައި ފުލުހުން ވަތް ކަމަށެވެ.

"ބޭރު ދޮރު ތަޅާ އަޑުއިވުނު ކަމަށް އަންހެނުން ބުނޭ. އަންހެނުން ހީކުރީ ފުރަތަމަ އޭނާ (ސާއިމް) ގެއަށް އައި ކަމަށް. ނަމަވެސް ބޭރު ދޮރު ވައްޓައިލި ގޮތަށް ވަދެ ކޮޓަރި ދޮރުގައި ނޮކް ވެސް ނުކޮށް ފުނޑާލާފައި ވައްޓާލީ," އޭނާ ބުންޏެވެ.

"އެ މީހުން ވަތް ގަޑީގައި އަންހެނުން ހުރީ ފެންވަރަން. ފާހާނާ ދޮރު ހުރީ ކޮޓަރި ތަޅުލާފައި ހުރުމުން ތަޅު ނުލައި. ވަންނަ ދޮރު ކައިރީ ފާހާނާ ހުރީ. އަންހެން ފުލުހެއް ވެސް ނެތް. އަންހެނުން ވަރަށް ޕެނިކްވި އެ ގަޑީގައި އެކަހަލަ ކަމެއް އަލަށް ދިމާވުމުން. އަޅުގަނޑު ހުރީ ޑިއުޓީގައި އެ ވަގުތު."

އައުރަ ނިވާކުރަން އަންހެނުން ފޮތިގަނޑެއް ގައިގައި އޮޅައި ނިކުންނަން އެންގުމުން، ފުލުހުން ނިކުމެފައި ނުވާ ކަމަށާއި އެއްޗެއް ފޮރުވަނީ ކަމަށް ތުހުމަތުކޮށް ދޮރު ކައިރީގައި ހެދުން ބަދަލުކުރި އިރު ވެސް ފުލުހުން ތިބި ކަމަށް ވެސް ސާއިމް ބުންޏެވެ.

އޭނާ ބުނީ މި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި އަންހެނުންނަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އެ ގޭގައި ހުރި ތުއްތު ކުއްޖާއަށް ވެސް އޭގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މިކަން ތަހުގީގުކޮށް އެގޮތަށް އަމަލުކުރި ފުލުހުންނަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox