ބަރަހަނާކޮށް އަންހެނަކު ފެންވަރަން ހުއްޓައި ކޮޓަރިއެއްގެ ދޮރު ވައްޓާލައި ފުލުހުން ވަދެގަތް މައްސަލައެއް

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: އަންހެނަކު ބަރަހަނާކޮށް ހުއްޓައި ފުލުހުން ވަދެގަތް މައްސަލައެއް ފެންމަތިވުން -- ފޮޓޯ: އަދަދު ފައިލް

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: އަންހެނަކު ބަރަހަނާކޮށް ހުއްޓައި ފުލުހުން ވަދެގަތް މައްސަލައެއް ފެންމަތިވުން -- ފޮޓޯ: އަދަދު ފައިލް

އައްޑޫ ސިޓީ ހިތަދޫގައި އަންހެނަކު ބަރަހަނާކޮށް ހުއްޓައި ކޮޓަރިއެއްގެ ދޮރު ވައްޓާލައިފައި ފުލުހުން ވަދެގަތް މައްސަލައެއް އިއްޔެ ފެންމަތިވެއްޖެ އެވެ.

ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ގެއެއް ރެއިޑްކުރީ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކުރަން ނަމަވެސް، އެ އަމުރުގައިވާ ފަރާތް އެ ގޭގައި އެ ވަގުތު ނެތެވެ. އެހެންވެ އޭނާ ހައްޔަރެއް ނުކުރެ އެވެ.

ބަލައި ފާސްކުރި ގޭގައި ކުއްޔަށް އުޅެމުންދާ އިބްރާހިމް ސާއިމް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ތިން ކޮޓަރި ހުންނަ އެ ގެ ރެއިޑްކުރިއިރު އެ ގޭގައި އެވަގުތު ތިބީ އޭނާގެ 19 އަހަރުގެ އަންހެނުންނާއި އަހަރެއް ނުވާ ތުއްތު ކުއްޖެއް ކަމަށާއި އަންހެނުން ފެންވަރަން ހުއްޓައި އެ ކޮޓަރީގެ ދޮރު ވައްޓާލައި ފުލުހުން ވަތް ކަމަށެވެ.

"ބޭރު ދޮރު ތަޅާ އަޑުއިވުނު ކަމަށް އަންހެނުން ބުނޭ. އަންހެނުން ހީކުރީ ފުރަތަމަ އޭނާ (ސާއިމް) ގެއަށް އައި ކަމަށް. ނަމަވެސް ބޭރު ދޮރު ވައްޓާލި ގޮތަށް ވަދެ ކޮޓަރި ދޮރުގައި ނޮކް ވެސް ނުކޮށް ފުނޑާލާފައި ވައްޓާލީ," އޭނާ ބުންޏެވެ.

"އެ މީހުން ވަތް ގަޑީގައި އަންހެނުން ހުރީ ފެންވަރަން. ފާހާނާ ދޮރު ހުރީ ކޮޓަރި ތަޅުލާފައި ހުރުމުން ތަޅު ނުލައި. ވަންނަ ދޮރު ކައިރީ ފާހާނާ ހުރީ. އަންހެން ފުލުހެއް ވެސް ނެތް. އަންހެނުން ވަރަށް ޕެނިކްވި އެ ގަޑީގައި އެކަހަލަ ކަމެއް އަލަށް ދިމާވުމުން. އަޅުގަނޑު ހުރީ ޑިއުޓީގައި އެ ވަގުތު."

ފުލުހުން ވަދެގަތް ވަގުތު ހަލާކުކޮށްލާފައިވާ ދޮރުތައް. ބޭރު ދޮރު އަދި ކޮޓަރި ދޮރު ވެސް ވަނީ ވައްޓާލާފައި
ފުލުހުން ވަދެގަތް ވަގުތު ހަލާކުކޮށްލާފައިވާ ދޮރުތައް. ބޭރު ދޮރު އަދި ކޮޓަރި ދޮރު ވެސް ވަނީ ވައްޓާލާފައި

ފުލުހުން ވަދެގަތް ވަގުތު ހަލާކުކޮށްލާފައިވާ ދޮރުތައް. ބޭރު ދޮރު އަދި ކޮޓަރި ދޮރު ވެސް ވަނީ ވައްޓާލާފައި

އައުރަ ނިވާކުރަން އަންހެނުން ފޮތިގަނޑެއް ގައިގައި އޮޅައި ނިކުންނަން އެންގުމުން، ފުލުހުން ނިކުމެފައި ނުވާ ކަމަށާއި އެއްޗެއް ފޮރުވަނީ ކަމަށް ތުހުމަތުކޮށް ދޮރު ކައިރީގައި ހެދުން ބަދަލުކުރި އިރު ވެސް ފުލުހުން ތިބި ކަމަށް ވެސް ސާއިމް ބުންޏެވެ.

ފުލުހުން އަމަލުކުރި ގޮތާ މެދު ކަންބޮޑުވެ، ސާއިމް ބުނީ ގެއިން އެއްވެސް އެއްޗެއް ފުލުހުންނަށް ފެނިފައި ނުވާ ކަމަށާއި ރެއިޑްކުރިއިރު ތަޅުލާފައި އިން ދެ ދޮރު ވައްޓާލުމުގެ އިތުރުން ތަޅުނުލާ ހުރި ތުއްތު ކުއްޖާ އޮތް ކޮޓަރިއަށް ވެސް ފުލުހުން ވަދެފައިވާ ކަމަށެވެ.

މުޅި އޮޕަރޭޝަންގައި 18 ވަރަކަށް ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށާއި އެތަނަށް އަންހެން ފުލުހެއް ދިޔައީ ވެސް ހުރިހާ ކަމެއް ނިމުނު ފަހުންކަން އޭނާ ފާހަގަކުރި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ ހިތަދޫ ގެއެއް ބަލައި ފާސްކުރި ކަމަށާއި އެ އޮޕަރޭޝަންގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ނުކުރާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

"ފުލުހުން އައްޑޫ ސިޓީ ގައި އޮޕަރޭޝަނެއް ހިންގި. ނަމަވެސް އާޓިކަލްގައި ލިޔެފައިވާ ފަދަ ކަމެއް ދިމައެއް ނުވޭ. އަދި އެފަދަ މަންޒަރެއް ފުލުހުން ރިކޯޑު ކޮށްފައި ނުވާނެ ވާހަކަ ވެސް ދަންނަވަން," މި ހަބަރު ޝާއިއުކުރި ފަހުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ވިދާޅުވި އެވެ.

އޭނާ ބުނީ މި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި އަންހެނުންނަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އެ ގޭގައި ހުރި ތުއްތު ކުއްޖާއަށް ވެސް އޭގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި މިފަދަ ކަންތައްތައް ހިނގުން ދަނީ އިތުރުވަމުންނެވެ. އެގޮތުން ފުލުހުންގެ އޮޕަރޭޝަންތަކުގައި ހިނގާފައިވާ އިހުމާލުގެ މައްސަލަތައް މިހާރު ވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox