މަޝްހޫޫރު ވިޔަފާރިވެރިޔާ އަބްދުއްލަތީފް ހުސެއިން މަނިކު (އަތަމާ އަބްދުއްލަތީފް)، 94 މިއަދު އަވަހާރަވެއްޖެއ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަތަމާ އަބްދުއްލަތީފަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްޖުގްރޫޕެއް ހިންގަވައި، ދިގު މުއްދަތެއްގައި އެދާއިރާއިން ހިދުމަތް ކުރެެއްވި ބޭފުޅެކެވެ.
އެކި ދާއިރާގެ ވިޔަފާރިތައް ކުރެއްވި އަތަމާ އަބްދުއްލަތީފް އެންމެ ފުރަތަމަ ފެއްޓެވީ ހާޑްވެއާގެ ވިޔަފާރިންނެވެ.
އޭނާއަށް 1991 ގައި ހާއްސަ ހިދުމަތުގެ ދާއިރާއިން ދައުލަތުން ދޭ ހާއްސަ އިނާމު ލިބިވަޑައިގެންނެވި އެވެ.

އަބްދުއްލަތީފް ވަނީ މާލެ އާއި އަތޮޅުތެރޭގައި މިސްކިތްތަކެއް ވެސް ބިނާކޮށްދެއްވައިފައެވެ. އޭނާގެ ހިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ ގައުމީ އިނާމް ވެސް ދެއްވައިފައެވެ.
އަބްދުއްލަތީފް ހަތަރު ކައިވެންޏެއް ކުރެއްވިއިރު ނުވަ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.













