ސުކޫލުތަކުގެ ހަރަދުކުޑަކުރަން އަންގައި އެޑިއުކޭޝަނުން ސާކިއުލާއެއް ފޮނުވައިފި

ސުކޫލުތަކުގެ ހަރަދުކުޑަކުރަން އަންގައި އެޑިއުކޭޝަނުން ސާކިއުލާއެއް ފޮނުވައިފި

ހަރަދުކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ސާކިއުލާއެއް ފޮނުވައިފި އެވެ.

އަދަދު އަށް ކޮޕީއެއް ލިބިފައިވާ އެ ސާކިއުލާ އަކީ ސައްހަ ލިއުމެއްކަން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު "އަދަދު" އަށް ކަށަވަރުކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ މިއަހަރު އެކަނިން އަޅާ ފިޔަވަޅެއް ނޫންކަމަށާއި ކޮންމެ އަހަރެއްގެ ވެސް މިހިސާބުގައި އިރު އަޅާ ފިޔަވަޅުތަކެއްކަ ކަމަށެވެ.

"މިއީ ހަމަ ކޮންމެ އަހަރެއްގެ ވެސް މިހާތަނަށް އަންނައިރު އަޅަމުންދާ ފިޔަވަޅުތަކެއް. ހަމައެކަނި މިއަހަރު ހަރަދު ކުޑަކުރުމަށް އަޅައިގެން އުޅޭ ފިޔަވަޅުތަކެއް ނޫން" އޭނާ ވިދާޅުވި އެވެ.

ހަރަދުކުޑަކުރުމުގެ ގޮތުން ކުރަން އެންގި ބައެއް ކަންތައްތައް

  • އިދާރީ އޮފީސް ބޭނުންކުރާ ވަގުތު މަދުކުރުމަށްޓަކައި އެދުވަހެއްގެ މަސައްކަތްތައް ރަސްމީ މަސައްކަތު ގަަޑީގައި ނިންމުން
  • ކޮންމެހެން ބާއްވަން ޖެހޭ މުނާސަބަތެއް ނޫނީ ނުބޭއްވުން.
  • ބަޖެޓުން ހަރަދުކޮށްފައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުން.
  • ސުކޫލު އިމާރަތްތަކުގައި ބޭނުންކުރާ އޭސީތައް 25 ޑިގްރީއަށްވުރެ ދަށްނުކުރުމާއި ރަސްމީ ގަޑި ނިމުމުން އެ އޭސީތައް ނިއްވައިލުން.
  • ކުލާސްރޫމްތަކުގައި ހުންނަ ފަންކާތަކާއި ލައިޓުތައް ބޭނުންކޮށް ނިމުމުން ނިއްވައިލުން.
  • ޗާޕުކުރަންޖެހޭ ލިޔުންތައް ވީހާވެސް މަދުކުރުމާއި، ޗާޕުކުރާއިރު ދެފުށަށް ޗާޕުކުރުމާއެކު ކަޅު ކުލައިން ޗާޕުކުރުން
  • 2 ގަޑިއިރަށް ވުރެ ކުރު ޖަލްސާތަކަށް ސައި،ކެއުން ފަދަ އެއްޗެހި ތައްޔާރު ނުކުރުމާއި އަދި މިފަދަ ޖަލްސާތަކަށް އަގުބޮޑެތި މާބޮނޑި ފަދަ އެއްޗެހި ބޭނުން ނުކުރުން.

ދައުލަތަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަމާ ގުޅިގެން، ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާނެކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފަ އެވެ. ކައުންސިލަރުންނާއި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމާއި އަދި ހުރިހާ އިންތިހާބުތަކެއް އެއްކޮށްލުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox