އާންމު ކޮމިޓީން ފާސްކުރި ގޮތަށް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކޮށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
މިއަދު ނެގި ވޯޓުގައި ގަވާއިދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ. ގަވާއިދު ފާސްކުރަން 62 ވޯޓު ބޭނުންވެ އެވެ.
ގަވާއިދު ފާސްކުރީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި އިސްލާހަކާ އެކު އެވެ. އޭނާ ހުށަހެޅުއްވީ ކުއްލި މައްސަލައަށް ބަހުސް ކުރާ މެންބަރުންނަށް ދޭ ތިން މިނެޓުގެ ފުރުސަތުގެ ބަދަލުގައި ފަސް މިނެޓުގެ ފުރުސަތެއް އެރުވުމަށެވެ.
މެއި 28, ގައި ހުވާކުރި މަޖިލީހުން އަމަލުކުރަމުންދިޔައީ އާ ގަވާއިދު އެކުލެވެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދަށެވެ. އެއް މަސް ދުވަހުގެ މުއްދަތެއް ގަވާއިދު ހަދަން ނަމަވެސް އެ މުއްދަތު ފަހުން ވެސް އިތުރުކުރި އެވެ.













