އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިއަދު އެނދުމަތިކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ބުނީ އެ ދަރިވަރުންނަށް ވީގޮތެއް ހޮސްޕިޓަލު މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.
އެފަހުން ފުލުހުން ހިއްސާކުރި މެސެޖެއްގައި ބުނީ ޝައްކުކުރެވެނީ ކާނާ ވިހަވީ ކަމަށެވެ. އަދި، ފަރުވާ ދިނުމަށް ފަހު ދަރިވަރުން އަނބުރާ ކޮލެޖަށް ގެންދަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަމުގެ ތެރެއިން ކާނާ ވިހަވަގެން އެޑުމިޓުކުރަން ޖެހުނީ ކިތައް ދަރިވަރުން ކަމެއް އަދި ފުލުހުން ނުބުނެ އެވެ.











