ވޭޕް ކާޓްރިޖުތަކެއް ގެނައި މީހަކު ނުހައްގުން ބަންދުކުރުމުން ދައުވާ ކުރަނީ

ވޭޕް ކާޓްރިޖްތަކެއް ރާއްޖެ ގެނައުން: އެ ކާޓްރިޖްގައި މަސްތުވާތަކެތި ހުރި ކަމަށް ހައްޔަރުކުރެވުނީ އޮޅިގެން -- ފޮޓޯ: އަދަދު

ވޭޕް ކާޓްރިޖްތަކެއް ރާއްޖެ ގެނައުން: އެ ކާޓްރިޖްގައި މަސްތުވާތަކެތި ހުރި ކަމަށް ހައްޔަރުކުރެވުނީ އޮޅިގެން -- ފޮޓޯ: އަދަދު

ވޭޕް ކާޓްރިޖުތަކެއް ފެޑެކްސް މެދުވެރިކޮށް ގެނައުމުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އެކުލެވޭ ކާޓްރިޖުތަކެއް ކަމަށް ތުހުމަތުކޮށް، ނުހައްގުން ބަންދު ކުރުމުން ދައުވާ ކުރަން ނިންމައިފި އެވެ.

އެ ކާޓްރިޖުތައް އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ އިންޓެލިޖެންސުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ގދ. ތިނަދޫއަށް ނިސްބަތްވާ 31 އަހަރުގެ ޒުވާނެކެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޗައިނާއިން އޭނާ ރާއްޖެ ގެނައި ކާޓްރިޖްތައް ޖޫން، 20 ގައި ރާއްޖެ ވަނީ ގެނެސްފަ އެވެ. އެ ތަކެތި ކަސްޓަމްސްއިން ހިފަހެއްޓައި، ފުލުހުންނަށް އެންގީ ޖޫން، 26 ގަ އެވެ.

އެ މައްސަލައިގައި އޭނާ ޖުލައި، 2 ގައި ހައްޔަރުކުރީ ކަސްޓަމްސްއިން ތަހުލީލުކުރި ކާޓްރިޖުން ކެނެބިސްއަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ތަހުލީލު ކުރުމުން އެ ތަކެތި އެއްވެސް މަސްތުވާ އެއްޗަކަށް ޕޮޒިޓިވްވެފައި ނުވެ އެވެ.

ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު ޖެހުމަށްފަހު، ޖުލައި، 8 ގައި ބަންދުން ދޫކޮށްލި އެވެ. އޭނާގެ ކުޑަކަމުދާ ތަކެތި ވެސް އެއްވެސް މަސްތުވާ އެއްޗަކަށް ޕޮޒިޓިވް ނުވެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަމުން އޭނާ ބުނީ ނުހައްގުން ބަންދުކުރުމުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ބަންދުން ދޫކޮށްލިއިރު ކުރަމުންދިޔަ ރީޓެއިލް ވިޔަފާރި ވެސް އޮތީ ހުއްޓިފައި ކަމަށެވެ.

އެގޮތުން ދައުލަތާ ދެކޮޅަށް ނުހައްގުން ބަންދު ކުރުމާއި، އަބުރުގެ ދައުވާގެ އިތުރުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހައްޔަރުކުރިއިރު އަތުގައި 3200 ޑޮލަރާއި 560 ބާތު އަދި 1،000 އިންޑިއަން ރުޕީސް އޮތް. ޑޮލަރަކީ ޝިޕްމަންޓަކަށް އޯޑަރު ކުރަން ޓީޓީ ކުރަންވެގެން ހުރި ފައިސާގެ ބައެއް. އެ ފައިސާ ދިނީ ބަންދުން ދޫކުރިތާ 8 ދުވަސް ފަހުން. އެހެންވެ ޝިޕްމަންޓަށް އޯޑަރު ނުޖެހި ގެއްލުންވި. ކުރަމުންދިޔަ ރީޓެއިލް ވިޔަފާރި އޮތީ ހުއްޓިފައި. ހުއްޓުނީ އެތަނަށް ބޭނުންވާ ސާމާނު ހަމަކުރާނެ އިތުރު މީހެއް ނެތީމަ،" އޭނާ ބުންޏެވެ.

ކުރެވުނު ތުހުމަތާ ގުޅިގެން ތަފާތު ވާހަކަތައް މީހުން ދައްކަމުން އަންނަކަން ފާހަގަކޮށް އޭނާ ބުނީ މިކަމުގެ ސަބުން މީހުން ދެކޭ ގޮތް ވެސް ބަދަލުވާނެ ކަމަށާއި އުންމީދަކީ މިފަދަ ކަމެއް އެހެން މީހަކަށް ކުރިމަތި ނުވުން ކަމަށެވެ.

އޭނާ ބުނީ ހައްޔަރުކުރުމުގެ އިތުރުން މުއްދަތު މަޖިލީހުގައި ވެސް އެ ތަކެއްޗަކީ އޭނާގެ އަމިއްލަ ނަމުގައި ގެނައި ސައްހަ ތަކެތި ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ކަސްޓަމްސްގެ އިހުމާލާއެކު މިފަދަ ކަމެއް މެދުވެރިވުމުން ސުވާލު އުފެދޭ ބައިވަރު ކަންކަން އެބަ ހުރި ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކަސްޓަމްސްއިން ރިޕޯޓުކޮށްގެން މީގެކުރިން ވެސް މީހުން ހައްޔަރުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox