މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި

ކޭއެފްސީ ބޮއިކޮޓް ކުރަން ގޮވާލާ މުޒާހަރާ ކުރަނީ: އެ އައުޓްލެޓުތެ ބިއްލޫރިގަނޑެއް ރޭ ވަނީ ތަޅާލާފަ - ފޮޓޯ: އެކްސް

ކޭއެފްސީ ބޮއިކޮޓް ކުރަން ގޮވާލާ މުޒާހަރާ ކުރަނީ: އެ އައުޓްލެޓުތެ ބިއްލޫރިގަނޑެއް ރޭ ވަނީ ތަޅާލާފަ - ފޮޓޯ: އެކްސް

މާލޭ އަމީނީ މަގުގައި ހުންނަ ކޭއެފްސީ އައުޓްލެޓުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

ފުލުހުން ބުނީ އެތަނުގެ ބިއްލޫރިގަނޑެއް ތަޅައިލިކަމުގެ ރިޕޯޓު ލިބުނީ ރޭ 3:00 ހާއިރު ކަމަށެވެ. ނަމަވެސް މި މައްސަލާގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Advertisement

މިދިޔަ ނޮވެމްބަރު މަހު ކޭއެފްސީ އައުޓްލެޓަށް ވަނީ ކަޅުތެޔޮވެސް ޖަހާފަ އެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެން ކޭއެފްސީ ބޮއިކޮޓު ކުރުމަށް ގޮވާލައި އެތަނުގެ ބޭރުގައި، ލިޔުންތައް ހަރުކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އިޒްރޭލަށް ވާގިވެރިވެ މާލީ އެހީދޭ ބްރޭންޑުތަކުގެ ތެރޭގައި ކޭއެފްސީ ހިމެނެ އެވެ.

ފަލަސްތީނުގެ ރައްޔިތުން އިސްވެ ހިންގާ ބޮއިކޮޓް، ޑައިވެސްޓްމަންޓް، ސެންްކްޝަންސް (ބީޑީއެސް) ހަރަކާތުން ބޮއިކޮޓް ކުރާ ލިސްޓުގައިވެސް ކޭއެފްސީ ހިމެނެ އެވެ.

މި ހަރަކާތާހެދި ކޭއެފްސީއަށް ދަނީ ބޮޑެތި މާލީ ގެއްލުންތަކެއްވެސް ކުރިމަތިވަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުގައި އެ ބްރޭންޑުން ހިންގަމުންދިޔަ ރެސްޓޯރަންޓުތަކަށް ގެއްލުންވެ ވަނީ ބަންދުކުރަން ޖެހިފަ އެވެ.

ފްރެންޗަައިޒް އުސޫލުން ހިންގާ މި ރެސްޓޯރަންޓު ރާއްޖޭގައި ހިންގަނީ ގަމާ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ހިއްސާދާރުންނަކީ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއި އިންޑިއާގެ ގަމާ ޕިއްޒާކްރާފްޓް އޯވާސީސް ލިމިޓެެޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox