"އެރެއަށްފަހު" ސީރީޒް މީޑިއާނެޓުގެ ވީޑިއޯކްލަބަށް ލައިފި

"އެރެއަށްފަހު" ސީރީޒް މީޑިއާނެޓުގެ ވީޑިއޯކްލަބަށް ލައިފި

ފިލްމީ ދާއިރާގެ މަޝްހޫރު ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މީޑިއާނެޓު އޮރިޖިނަލްސް ދިވެހި ސީރީޒް، "އެރެއަށްފަހު" ސީރީޒް މީޑިއާނެޓުގެ ވީޑިއޯކްލަބަށް މިއަދު ލައިފި އެވެ.

މީޑިއާނެޓުން ބުނީ ވީޑިއޯކްލަބަށްލީ އެ ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑެވެ. އެ ދެ އެޕިސޯޑް ހިލޭ ބަލާލެވުނު ނަމަވެސް، ކުރިއަށް ހުރި އެޕިސޯޑުތައް ބަލާލުމަށް ސަބްސްކްރިޕްޝަނެއް ނަގަން ޖެހޭނެ ކަމަށެވެ.

ޖުމްލަ 15 އެޕިސޯޑުގެ މައްޗައް އެކުލެވޭ އެ ސީރީޒްއަކީ ހުނަރުވެރި ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ މޮޅު ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ.

Advertisement

މި ސީރީޒްގައި ފެނިގެންދާނީ މީހެއްގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި އޭނާގެ އާއިލާއިން ކުރާ މަސައްކަތާއި އެ މަސައްކަތުގެ ތެރެއިން ދިމާވާ އެކި އެކި ހާދިސާތަކެވެ. ސަސްޕެންސުން ފުރިގެންވާ މި ސީރީޒުގެ ކޮންމެ އެޕިސޯޑެއްގައި ވެސް ބެލުންތެރިން ޝައުގުވެރިވާފަދަ ތަފާތު ހާދިސާތަކެއް އެކުލެވެ އެވެ.

ފިލްމުގެ މައި ރޯލުތަކުން ދިވެހި ފިލްމީދުނިޔޭގައި މަގްބޫލު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އިބްރާހިމް ޖިހާދު (ޖިމީ) ގެ އިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިން ކަމުގައިވާ އައިމިނަތު ރަޝްފާ (އާޝާ) އަދި މަރިޔަމް ޝިފާ އެކި ރޯލުތަކުން ފެނިގެންދެ އެވެ.

ވީޑިއޯކްލަބަކީ މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑް ސާވިސްއެވެ. މީޑިއާނެޓުގެ އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ހިދުމަތް މެދުވެރިކޮށް ޓީވީއިން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލެ އެވެ. އަދި އެމްއެސް ޑިޖިޓަލް ހިދުމަތް މެދުވެރިކޮށް މޯބައިލް ޑިވައިސްތަކުން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެ އެވެ.

އެ ސީރީޒްއަކީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހިންނާއި ހަމައަށް ގެނެސްދެމުން އަންނަ ދިވެހި އަމިއްލަ ފިލްމާއި ސީރީޒް ލައިބްރަރީއަށް އިތުރުވެގެންދާ ކޮންޓެންޓެކެވެ. ދިވެހިންގެ މެދުގައި މަގްބޫލު ފަހުގެ މޮޅު ފިލްމާއި ސީރީޒް އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް އަންނަނީ ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.

އެމްއެސް ޓީވީ / އެމްއެސް ލައިޓް / އެމްއެސް ޑިޖިޓަލްއަށް އޮންލައިންކޮށް ރަޖިސްޓާކުރެވެ އެވެ. އަދި ވީޑިއޯކްލަބް ކޮންޓެންޓް ޕެކޭޖަށް ވެސް އޮންލައިންކޮށް އެކްޓިވޭޓް ކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފަސް އަހަރު ފަހުން އެއީ ނުބައި ޑައިގްނޯސިސްއެއް ކަން އެނގިއްޖެ

މަޝްހޫރު ބަތަލާ ކްރިސްޓީނާ އެޕަލްގޭޓަށް އެމްއެސް ބަލި ޖެހިފައިވާ ކަމަށް ބަލައި ފަރުވާ ކުރާތާ ފަސް އަހަރު ފަހުން، އެއީ ނުބައި ޑައިގްނޯސިސްއެއްކަން އެނގި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އޭނާ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބަލީގެ އަސްލު ސަބަބު ދެނެގަތުމަށްޓަކައި އާ ތަހުލީލުތަކެއް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކްރިސްޓިއާން އަމަންޕޫރު 43 އަހަރަށް ފަހު ސީއެންއެންއާ ވަކިވަނީ

ސީއެންއެންގައި 43 އަހަރު މަސައްކަތް ކުރުމަށްފަހު، އެ ނެޓްވޯކްގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޫރު އަންނަ އަހަރު ވަކިވާނެކަން އިއުލާންކޮށްފި. އޭނާ ވަކިވަނީ އާ މަޝްރޫއުތަކެއް ފެށުމުގެ އުންމީދުގައި ކަމަށް ބުނެފައިވާއިރު، ސީއެންއެންގެ މެނޭޖްމަންޓުން ވަނީ އޭނާގެ ދިގު ޚިދުމަތުގެ އަގުވަޒަންކޮށްފަ.

ވޭޕް ކުރުމުގެ ސަބަބުން ސެލީނާގެ އަޑު ބަދަލުވެއްޖެ

ނިކޮޓިން އެކުލެވޭ ވޭޕް ބޭނުންކުރުމުގެ ސަބަބުން އަޑަށް ދާއިމީ ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އިއުތިރާފުވެއްޖެއެވެ. ލޫޕަސް ބަލީގެ ސަބަބުންވެސް އަޑަށް އަސަރުކުރަމުންދާ ސެލީނާ ވަނީ، ވޭޕްކުރުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫންކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް މަސައްކަތް ފަށާފައެވެ.

އޮލިމްޕަހުން "ދެވި" ނެރެނީ

މަރްޔަމް އައްޒަގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ބިރުވެރި ފިލްމު "ދެވި" އޮލިމްޕަހުގައި ދައްކާ ނިންމާލުމަށް ތައްޔާރުވެ، ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމުގެ އެންމެ ފަހު ޝޯ އޮކްޓޯބަރު 25 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފަންނީ ގޮތުން ގިނަ ކުރިއެރުންތަކެއް ދައްކުވައިދީފައިވާ ކާމިޔާބު އުފެއްދުމެކެވެ.

އިންޑިއާގެ ގޭންގަކުން ޓައިގާ ޝްރޮފަށް އަމާޒުކޮށް ބަޑި ޖަހައިފި

މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ފިލްމީ ތަރި ޓައިގާ ޝްރޮފްގެ ކާރަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާއިން އޭނާ ސަލާމަތްވި ނަމަވެސް ޑްރައިވަރަށް ވަނީ އަނިޔާވެފައެވެ. ލޯރެންސް ބިޝްނޯއީގެ ގޭންގުން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، މިއީ ސަލްމާން ޚާނާއެކު މަސައްކަތް ނުކުރުމަށް ދިން އިންޒާރުތަކަށް އޭނާ ބޯނުލެނބުމުން ދިން ހަމަލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަލް ޕަޗީނޯއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭން ނިންމައިފި

މަޝްހޫރު އެކްޓަރު އަލް ޕަޗީނޯ ފިލްމީ ދާއިރާގައި 60 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެސްއޭޖީ-އޭއެފްޓީއާރުއޭގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އޭނާއަށް ދޭން ނިންމައިފިއެވެ. މި ޝަރަފުވެރި އެވޯޑް އޭނާއަށް އެރުވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ 33 ވަނަ އެކްޓާ އެވޯޑްސް ރަސްމިއްޔާތުގައެވެ.

Newsletter

Get the latest news delivered straight to your inbox