އާއިލީ މައްސަލައެއްގައި ހިނގި އަރައިރުމެއްގެ ތެރެއިން މާލޭ ގަލޮޅު އަވަށުގައި ހުންނަ ގެއަކުން މީހުންނަށް ވަދެނިކުމެ ނުވެވޭ ގޮތަށް ރޭނި ފާރު ރޭ ތަޅާލައިފި އެވެ.
ފުލުހުންގެ އެހީތެރިކަމާއެކު ސިޓީ ކައުންސިލުން އެ ފާރު ތަޅާލައި، އެތާ އެތެރޭގައި ތާށިވި މީހުން ވަނީ ސަލާމަތްކޮށް ނެރެފަ އެވެ.
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި މިވަގުތު އޮތް އެގެއިން މީހުންނަށް މިހާރު ވަދެ ނިކުމެވެ އެވެ.
ފުލުހުން ބުނީ ފާރު ތަޅާލިއިރު އެތަނުގައި ފުލުހުން ޑިއުޓީ ކުރި ކަމަށާއި ޑިއުޓީކޮށް ނިންމާލާފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
އެކަމާ ގުޅިގެން އިތުރު އެއްވެސް ރިޕޯޓެއް ލިބިއްޖެނަމަ، އެތަނަށް ވަގުތުން އެޓެންޑުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެހިގެން އުޅެނީ ބަންޑާރަ ގޯއްޗެއް ބެހުމަށްފަހު ލިބުނު ބިމުގެ މައްސަލައެކެވެ.













