ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ

އެއްޗެއް ގޮވި ވޭން ރެހެންދި މަގުގައި އޮތްއިރު އެމްއެންޑީއެފް ބޮމް ސްކޮޑުން ބަލަނީ: ސިފައިން ދަނީ އެ ސަހަރައްދުގައި ހަރަކާތްތެރިވަމުން -- ފޮޓޯ: އަދަދު

އެއްޗެއް ގޮވި ވޭން ރެހެންދި މަގުގައި އޮތްއިރު އެމްއެންޑީއެފް ބޮމް ސްކޮޑުން ބަލަނީ: ސިފައިން ދަނީ އެ ސަހަރައްދުގައި ހަރަކާތްތެރިވަމުން -- ފޮޓޯ: އަދަދު

ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން އެ ހިސާބުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މަންޒަރު ދުށް މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އެ ހާދިސާ ހިނގީ ގަޑިން 1:00 ޖަހަން އުޅެނިކޮށް ކަމަށެވެ. ގޮވީ ރެހެންދި ހިނގުމުގައި އޮތް ވޭނެއްގައި އޮތް އެއްޗެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ވަގުތު އެތަނަށް ސިފައިންގެ މީހަކު ވަގުތުން އެޓެންޑުވި ކަމަށް ވެސް އޭނާ ބުންޏެވެ. މިހާރު ސިފައިން ދަނީ އެތަނުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ. ސިފައިންގެ ބޮން ސްކޮޑު ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ދ
ދ

ގަލޮޅު ކަންމަތީގައި ސިފައިންގެ ބޮން ސްކޮޑު ހަރަކާތްތެރިވަނީ -- ފޮޓޯ: ލީވާން އަލީ ނާސިރު / އަދަދު

"މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ނުލިބޭ. އަދި ވޭނަށް ވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ނުލިބޭ," މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ ޕްރޮސީޖާތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ހާމަކުރަމުން އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުންނާއި ސިފައިން ދަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox