ދެކުނު އޭޝިއާގައި ދޭ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އަށް ވަނަ އެޑިޝަން ސެޕްޓެމްބަރު މަހު ނޭޕާލްގައި ބާއްވަން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ހައިރައިޒް ދޭ މި އެވޯޑު މި ފަހަރު ބާއްވަނީ ނޭޕާލް ޓޫރިޒަމް ބޯޑު (އެންޓީބީ) އަދި ހޮޓެލް އެސޯސިއޭޝަން އޮފް ނޭޕާލްއާ ގުޅިގެންނެވެ.
ހައިރައިޒްއިން ބުނީ ސާޓާ އެވޯޑު ދިނުމުގެ ހަފުލާ ބާއްވަނީ ސެޕްޓެމްބަރު މަހުގެ 20، ގައި ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކަމަށެވެ.
އެވޯޑުގެ ކެޓަގަރީތަކުގެ ތެރޭގައި ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން، އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ހިމެނެ އެވެ.
ސަޓާ އެވޯޑަކީ ރާއްޖޭގެ މަޓާޓޯ އާއި އެމްއެމްޕީއާރްސީ އާއި އެންބީއޭއެމް އެންޑޯޒްކޮށްފައިވާ އެވޯޑެކެވެ.














