މާލޭގައި ގްރޫޕަކުން މީހަކު ރަހީނު ކުރުމަށް ފަހު އިނގިއްޔެއް ބުރިކޮށްފި

ބަޔަކު ހައްޔަރުކުރަން ފުލުހުން ރެއިޑު ކުރަނިކޮށް: މާލޭގައި ގްރޫޕަކުން މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިލި ބުރިކޮށްފި - ފޮޓޯ: އަދަދު ފައިލް

ބަޔަކު ހައްޔަރުކުރަން ފުލުހުން ރެއިޑު ކުރަނިކޮށް: މާލޭގައި ގްރޫޕަކުން މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިލި ބުރިކޮށްފި - ފޮޓޯ: އަދަދު ފައިލް

މާލޭގައި، ގްރޫޕަކުން މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކޮށްލައިފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ތިން މީހަކު ހާޒިރުކޮށްފައިވެ އެވެ. އެއީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި، 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ނެރުނު އަމުރުތަކުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ތިން މީހުން ވެސް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

Advertisement

ތިން މީހުންނަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހައްޓައިގެން ގެންގުޅުމުގެ ތުހުމަތެވެ.

ހައްޔަރުކުރި އެކަކަކީ އަނިޔާ ލިބުނު މީހާއާ އެއް ތަނެއްގައި މަސައްކަތް ކުރާ މީހެއް ކަން ކޯޓު އަމުރުން އެނގެ އެވެ.

ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ސްނެޕްޝޮޓްތަކަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯއަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ޝަރީއަތަށް ފުލުހުން ހުށަހަޅާފައިވެ އެވެ.

ކޯޓު އަމުރުތަކުގައިވާ ގޮތުން އަނިޔާ ލިބުނު މީހާގެ އިނގިއްޔެއް ވަނީ ބުރިކޮށްލާފަ އެވެ.

ދިފާއުގައި ތުހުމަތު ކުރެވޭ މީހުން ކޯޓުގައި ބުނެފައިވަނީ އެއީ ޕަވަޓޫލެއް ބޭނުން ކުރަނިކޮށް އަނިޔާވި މީހާއަށް ލިބިފައިވާ އަނިޔާއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox