އެމްއެމްޕީއާރުސީގެ ބޯޑަށް އިތުރު ދެ މެންބަރުން އައްޔަނުކޮށްފި

އެމްއެމްޕީއާރުސީގެ ބޯޑަށް އައްޔަންކުރި ސަމީއު އަދި އައިޝަތު -

އެމްއެމްޕީއާރުސީގެ ބޯޑަށް އައްޔަންކުރި ސަމީއު އަދި އައިޝަތު -

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ބެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި އެވެ.

އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ހާމަކޮށްފައިވާ ގޮތުގައި އަލަށް އައްޔަންކޮށްފައިވަނީ އަބްދުލް ސަމީއު އިމާދު އާއި އައިޝަތު ހަމީދު އެވެ.

ސަމީއު އަކީ މީގެކުރިން އުކުޅަސް ޓޫރިޒަމް ބޯޑުގެ ރައީސް ކަމާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓުހައުސް އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓްހައުސް ވިޔަފާރިތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް މެ އެވެ.

މި އަހަރު ޖަރުމަނުގެ ބާލިންގައި ބޭއްވި އައިޓީބީ ފެއާގައި ބައިވެރިވި ވަފުދުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. އެ ފެއާގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް މީޓް ޕެނަލް ޑިސްކަޝަންގެ ޕެނަލުގައިވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބޯޑަށް ދެން އައްޔަންކުރި އައިޝަތު ހަމީދު އެންމެ ފަހުން ހުރީ މޯލްޑިވްސް ގޭސްގެ ސީނިއާ މާކެޓިން އޮފިޝަލެއްގެ ގޮތުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެފްއެސްއެމްގައިވެސް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި އޭނާ މިހައިތަނަށް އެއްވެސް މަސައްކަތެއް ކުރެއްވިކަން އެނގޭކަށް ނެތެވެ.

އެމްއެމްޕީއާރުސީގެ ބޯޑަށް އާ ދެ މެންބަރަކު އައްޔަންކޮށްފައި މިވަނީ އެ ކުންފުނީގެ ބޯޑުގެ ގިނަ މެންބަރުންތަކެއް އެއްފަހަރާ މަގާމާ ދުރުވެ، ކުންފުނީގެ ކުރިމަގާމެދު ސުވާލުތަކެއް އުފެދިފައިވަނިކޮށެވެ.

އެގޮތުން ކުންފުނި ތެރޭ ހައިޖާނެއް އުފެދި، މެއި 21، ގައި އެ ކޯޕަރޭޝަނުގެ ޗެއާޕާސަން އަައިޝާ ނޫރައިން ނަޖާހު އަދި ބޯޑު މެމްބަރު ރާފިލް މުހައްމަދު އިސްތިއުފާދެއްވި އެވެ. ޖެހިގެން އައި ދުވަހު މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް މިހާތަނަށް އެއްވެސް ފަރާތެއް އައްޔަންކޮށްފައި ނުވާއިރު، ކުންފުނީގެ އެމްޑީގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ ވަނީ އައްޔަންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox