މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ފަސް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ނިއްވާލާފައިވާއިރު، ފަސް މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ ފަސް މީހަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެ އެންމެންނަށް އެމަޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އަނިޔާވި ބައެއް މީހުން އާންމުންނާއި ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެނެ އެވެ.













