ދައުލަތުގެ ދަރަންޏާ ބެހޭ ބިލް: ބަހުސްނުކޮށް މިއަދު ތަޅުމުގައި އޮތީ އިލްޒާމު އެޅުވުން

ދައުލަތުގެ ދަރަންޏާ ބެހޭ ބިލް: ބަހުސްނުކޮށް މިއަދު ތަޅުމުގައި އޮތީ އިލްޒާމު އެޅުވުން

ދައުލަތުގެ ދަރަންޏާ ބެހޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އޭގައި ހުރި މާއްދާތަކާއި އުސޫލުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ސަރުކާރު މެންބަރުންނާއި އިދިކޮޅު މެންބަރުން އެއްބަޔަކު އަނެއް ބަޔަކަށް ބޮޑެތި އިލްޒާމްތަކެއް އަޅުވައިފި އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ހުށަހެޅުމުން އެއާމެދު ބަހުސް ކުރުމަށް ފުރުސަތު ދިނުމުން ބިލުގައި އޮތް އެއްޗަކާމެދު ވާހަކަ ދެއްކީ މަދު މެންބަރެކެވެ. އަދި އެ ވާހަކަ ދެއްކި މެންބަރުން ވެސް ބިލާ ގުޅޭ ވާހަކަ ދެއްކީ ވަރަށް މަދުންނެވެ.

މިއަދުގެ ޖަލްސާގައި ދަރަންޏާ ބެހޭ ބިލު ހުށަހަޅައްވަމުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް އެންމެ ފުރަތަމަ ދެއްކީ "އެމްޑީޕީ ސަރުކާރު" ގެ ވާހަކަ އެވެ. އެއަށްފަހު ދެން ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް މައިގަނޑު ގޮތެއްގައި ދެއްކެވީ ބިލާ ނުގުޅޭ ވާހަކަތަކެވެ.

"ބައެއް ސަރުކާރުތަކުން 40 އަހަރާ ނުބައްދަލު ދަރަނި ފަސް އަހަރުން ނަގައި ވެރިންގެ ޖީބުތައް ފުރަމުން ދިޔައިރު މިފަދަ ގާނޫނެއް ގެނައުމުގެ ފަހި ފުރުސަތު ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އޮވެމެ، މިފަދަ ގާނޫނީ ބާރުވެރިކަމެއް ނުގެނެސް ދައުލަތް، މުޅި ދިވެހިރާއްޖެ ހަލާކާ ދިމާލަށް ގެންދިޔައީ ހަގީގަތުގައި ވެސް އިހުލާސްތެރިކަމެއް އެބޭފުޅުންގެ ނެތަތީ،" ބިލު ހުށަހަޅުއްވަމުން މަމްދޫހު ވިދާޅުވި އެވެ.

އެ ބިލަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ދެއްކެވި ވާހަކައެކެވެ.

"[ރައީސް މުއިއްޒު ވިދާޅުވީ] ކަންކަން ކުރެވޭ ގޮތަށް ކޮންމެ ވަދޭ ފައިސާ. އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ. މިހާރު ވެސް އަޅުގަނޑުމެންނާ ގާތް ރައްޓެހި ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފަ ދައްކަން ހުރި ބައެއް ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްތައް ހުރީ ހަމަޖެހިފައި. އެހެންވީމާ އެއްވެސް ކަންބޮޑުވުމެއް ނެތް. އެއްވެސް ކަންބޮޑުވުމެއް ނެތް އަޅުގަނޑުމެންނަށް ގައުމުގެ އިގްތިސާދީ ހާލަތާމެދު،" ރައީސްގެ ވާހަކަ ކޯޓު ކުރަމުން މީކާއިލް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވެސް ވަނީ ވަރަށް ބޮޑަށް ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން އޮތީ ގައުމު "ކައި ހުސްކޮށްލާފަ" ކަމަށެވެ.

"ކޮވިޑޭ ކިޔައިގެން އަޅުގަނޑުމެން އެންމެން ތިބީ ގޭ ބަންދުކޮށްފައި. ކިހިނެއްތޯ ވެރިކަން ކޮށްލާފަ އޮތީ. މާސްކެއް ދިވެހި ރައްޔިތުންގެ މޫނުގައި އަޅާލަން ނުލިބުނޭ ސަރުކާރު ފަރާތުން ހިލޭ،" ސުޖާއު ވިދާޅުވި އެވެ. "ފޮތް ރަނގަޅަށް އައިސް ހުޅުވައި ބަލާލިއިރު ކަމަކުދާކަށް ނެތް ދައުލަތް ކައި ހުސްކޮށްލާފަ މި އޮތީ އިއްޒަތްތެރި ރައީސް. މިއަދު ލަދު ގަންނަންޖެހޭނެ އެމްޑީޕީގެ މެންބަރުން...،" ސުޖާއު ވިދާޅުވި އެވެ.

މިއަދު ހުށަހެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ދައުލަތުގެ ދަރަނި ނެގުމާ ބެހޭ އުސޫލުތަކާއި ދަރަނި މެނޭޖް ކުރުމާ ބެހޭ އުސޫލުތަކާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުގެ ސޮވިރިން ގެރެންޓި ދިނުމާ ބެހޭ އުސޫލުތަކާއި ދައުލަތުގެ ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ހިމެނޭނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ، އިގްތިސާދީ ހާލަތު ގޯސްވެފައި ވަނީ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނަނީ ދަރަނި ބޮޑުވެ، އިގްސާދީ ހާލަތު ގޯސްވީ މި ސަރުކާރަށް މެނޭޖްކުރަން ނޭނގިގެން ކަމަށެވެ.

"އިންތިހާބުން ބަލިވުމުން ސަޕްލިމެންޓަރީ ބަޖެޓަށް ފައިސާ ހޯދަން އަޅުގަނޑުމެންނަށް ދަތިވި. އޭރު ވާހަކަ ދެއްކިން ޓްރާންސިޝަން ޕީރިއަޑްގައި. އެ ބޭފުޅުން ހަމަ ވަރަށް ޔަގީންކަން ދިން 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް. ހަމަ ނޮވެމްބަރު 17 ގައި ހުވާ ކުރާ ހިސާބުގައި 200 މިލިއަން ޑޮލަރު ލިބޭނެ ގޮތަށް ވާހަކަ ދެކެވުނީ," އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަރަށް ބޮޑެތި ހަރަދުތައް ކުރައްވަމުން ގޮސް ދައުލަތުގެ ހަރަދުތައް މަދު ކުރުމަށް ނިންމާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox