ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ހިމަނައި، ކިޔަވައިދެމުންދަނީ މައިގަނޑު ނުވަ ބައެއް ހިމަނައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުނީ ގައުމިއްޔަތު މާއްދާގެ މަންހަޖު ހިއްސާކޮށްދިނުމަށެވެ.
އެކަމުގެ ޖަވާބުގައި އެޑިއުކޭޝަނުން ފޮނުވި ކަރުދާހުގައި އޮތީ ގައުމިއްޔަތު މާއްދާ އުނގަންނައިދިނުން ކުރިއަށްދަނީ މައިގަނޑު ނުވަ ބަހާއެއްގެ މައްޗަށް ކަމަށެވެ. އެކި ގްރޭޑުތަކަށް މި މާއްދާ ކިޔަވައިދިނުމުގައި ހުންނަ ތަފާތެއް މި ކަރުދާހުން ނޭނގެ އެވެ.
ގައުމިއްޔަތުގައި ހިމެނޭ ނުވަ ބަހާ
- އަހަރެންނަކީ ދިވެއްސެއް
- އިސްލާމް ދީން
- ދިވެހީންގެ ބަސް
- ދިވެހީންގެ ކާބަފައިން
- މިނިވަންކަމާއި އަބުތާލުން
- ދިވެހިރާއްޖޭގެ ޖޯގްރަފީ އާއި ސަރަހައްދު
- ތަރިކަ
- ސަގާފަތާއި އާދަކަދަ
- ދިވެހިންގެ އިޖުތިމާއީ ގިޔަމުތައް
ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް ފާސްކުރީ ޖެނުއަރީ 10، ގައި އޮތް ސޯޝަލް ކައުންސިލް ބައްދަލުވުމުގަ އެވެ.
ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ނިންމީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ކަމުގައި ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.












