މިއީ ކޮވިޑުގެ ފަހުން ރާއްޖޭގެ ރޭޓިން ދަށްކުރި ފުރަތަމަ ފަހަރު، ފާއިތުވި ތިން އަހަރު ވެސް ހުރީ އެއްވަރެއްގައި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން. ރާއްޖޭގެ ރޭޓިން މިޑް ޓާމްގައި ރިވިއު ކުރުމަކީ އިންވެސްޓަރުންގެ ކޮންފިޑެންސް ދަށްކަން ހާމަކޮށްދޭ ކަމެއް --- ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން. ރާއްޖޭގެ ރޭޓިން މިޑް ޓާމްގައި ރިވިއު ކުރުމަކީ އިންވެސްޓަރުންގެ ކޮންފިޑެންސް ދަށްކަން ހާމަކޮށްދޭ ކަމެއް --- ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދަށްކޮށްފައި މިވަނީ އެ އެޖެންސީން ރާއްޖެ ރޭޓު ކުރަން ފެށިފަހުން ދިމާވި އެންމެ ބޮޑު އިގުތިސާދީ ގޮންޖެހުން ކަމަށްވާ ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށްކަން ރޭޓިންގެ ތާރީހުން ދައްކައިފި އެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައި މިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައިގެންނެވެ. މި އަހު ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެއަށް އެންމެފަހުން މިފަދަ ދަށް ރޭޓިންއެއް ދީފައިވަނީ ކޮވިޑް ފެތުރެން ފެށި އަހަރު އެވެ. އެ އަހަރުގެ ކުރީކޮޅު މާޗު 2020 ގައި ރާއްޖެއަށް ދިނީ "ބީ ނެގެޓިވް" ރޭޓިންއެކެވެ. އޭގެ ފަހުން ނޮވެމްބަރު 2020 ގައި ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކުރި އެވެ.

އޭގެ ފަހުން 2021, 2022, އަދި 2023 ގައި ވެސް ރޭޓިން ހުރީ "ބީ ނެގެޓިވް" ގަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް ރޭޓިން ހުރީ އެވަރުގަ އެވެ.

ފިޗު ރޭޓިން އަހަރުތަކުގައި ހުރި ގޮތް

  • މެއި 8, 2019 - ބީ ޕްލަސް
  • މާޗު 30, 2020 - ބީ ނެގެޓިވް
  • ނޮވެމްބަރު 5, 2020 - ސީސީސީ
  • އޮކްޓޯބަރު 28, 2021 - ބީ ނެގެޓިވް
  • އޮކްޓޯބަރު 13, 2022 - ބީ ނެގެޓިވް
  • އޮކްޓޯބަރު 9, 2023 - ބީ ނެގެޓިވް
  • ޖޫން 26, 2024 - ސީސީސީ ޕްލަސް

އާންމު ގޮތެއްގައި ފިޗުން ރޭޓިން ރިވިއު ކުރަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށްވާއިރު މިޑް ޓާމް ރިވިއުއެއް ހަދައިން ރާއްޖޭގެ ރޭޓިން ދަށްކުރީ ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އޮތް ކޮންފިޑެންސް ގެއްލުމަކީ އެކަމުގެ ސަބަބެއް ކަމަށް މި ނޫހާ ވާހަކަ ދެއްކެވި މާލީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާ މާލި އިސްލާހީ އެޖެންޑާގައި ހިމެނޭ ސަބްސިޑީ ރިފޯމްތައް ތަންފީޒުކުރަން ފަށާނީ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށް ފިޗުން ބުނެފައިވެ އެވެ. ސަރުކާރުން އަދި މިކަމުގައި ޓައިމްލައިނެއް ހާމަކޮށްފައި ނުވެ އެވެ.

ސަރުކާރުން ކުރިއަށް އޮތް ތަނުގައި ވެސް ހަރަދު ކުޑަކުރަން އިތުރު ހަރުކަށި ފިޔަވަޅުތައް އަޅަން މަޖުބޫރު ވާނެ ކަމަށާއި ރާއްޖެއަކީ އިމްޕޯޓަށް އެއްކޮށް ބަރޯސާވާ ގައުމަކަށްވުމާއެކު ޑޮލަރުގެ ތާށިކަން ވެސް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox