އިންޑިއާގައި ތާށިވި މޯލްޑިވިއަންގެ ފަސިންޖަރުން މާލެ ގެންނަން ފަށައިފި

މޯލްޑިވިއަންގެ ފްލައިޓުން އިއްޔެ އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ދަތުރުކުރުމަށް ފަސިންޖަރުން އެއާޕޯޓުގައި --

މޯލްޑިވިއަންގެ ފްލައިޓުން އިއްޔެ އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ދަތުރުކުރުމަށް ފަސިންޖަރުން އެއާޕޯޓުގައި --

އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރުގައި ތާށިވެފައި ތިބި މޯލްޑިވިއަންގެ ފަސިންޖަރުންނަށް އަނބުރާ ރާއްޖެއަށް އާދެވޭނެ ގޮތް ހަމަޖެހިއްޖެ އެވެ.

މޯލްޑިވިއަންގެ ފަސިންޖަރުންތަކެއް އިންޑިއާގެ ތިން ސްޓޭޓެއްގައި ތާށިވީ އެ އެއާލައިންގެ އެއާބަސް A-320 ގެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިންޑިއާއިން ނުފުރިގެންނެވެ.

އެ ފްލައިޓު މާލެއިން އިންޑިއާއަށް ދިޔުމަށް މިސްރާބު ޖެހި ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް އަނބުރާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފަ އެވެ. އެކަމާ ގުޅޭ ތަފްސީލެއް މޯލްޑިވިއަން އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮޗިންގައި ތާށިވެފައި ހުރި މޯލްޑިވިއަންގެ ފަސިންޖަރަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ފަސިންޖަރުންތައް މިއަދު ހެނދުނު އެއާޕޯޓަށް ގެންގޮސް ފުރުވާލަނީ އިންޑިގޯގެ ފްލައިޓެއް މެދުވެރިކޮށް ކަމަށެވެ.

"އިއްޔެ ފުރި ބައެއް މީހުންނަށް ދަތިތައް ދިމާވި. ބަރުވެގެން ފައިސާ ވެސް ނެގި. ނަމަވެސް މިއަދު ފުރި މީހުން ބަރުވި ނަމަވެސް އިތުރަށް ފައިސާއެއް ނުނަގާ. އެންމެން ވެސް އިއްޔެ ފުރަން ދިޔައީ މޯލްޑިވިއަންގެ ފްލައިޓުން ކަނޑައަޅާފައިވާ ބަރުދަނަށް ބަރޯސާވެގެން،" ފަސިންޖަރު ބުންޏެވެ.

މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު ވިދާޅުވީ އިއްޔެއިން ފެށިގެން ތާށިވެފައި ތިބި ފަސިންޖަރުން އަނބުރާ ރާއްޖެ ގެންނަމުންދާ ކަމަށާއި މިއަދު ވެސް ބައެއް ފަސިންޖަރުންތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ފަސިންޖަރުންގެ ހާލު ބަލައި އޮޕްޝަންތައް އިއްޔެއިން ފެށިގެން ދެމުން މިދިޔައީ. ޓްރިވެންޑްރަމްގައި ތިބި ހުރިހާ ފަސިންޖަރުން މިހާރު ގެނެވިއްޖެ. މިއަދު ކޮޗިންއާއި ބެންގަލޫރުގައި ތިބި ފަސިންޖަރުން ގެނެވޭނެ،" ނަސީރު ވިދާޅުވި އެވެ.

ތާށިވި ފަސިންޖަރުންނަށް މޯލްޑިވިއަންއިން ވަނީ ހޮޓަލް ހަމަޖައްސައި، ކެއުމުގެ އިތުރުން ޓްރާންސްޕޯޓު ވެސް ހަމަޖައްސައިދީފަ އެވެ.

މީގެކުރިން ވެސް މޯލްޑިވިއަންގެ ފަސިންޖަރުންތައް އިންޑިއާގައި ތާށިވެފައި އެބަ ހުއްޓެވެ. އެއީ ހަމަ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox