ހުލާސާކޮށް އިއްޔެ: މާލީ ހިސާބުކިތާބާއި ރައީސްގެ ނަންބަރުތަކާ ދިމާ ނުވުން

ހުލާސާކޮށް އިއްޔެ: މާލީ ހިސާބުކިތާބާއި ރައީސްގެ ނަންބަރުތަކާ ދިމާ ނުވުން

މާލީ ކަންކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަތަކާއި އަސްލު ހިސާބުތަކާއި ނަންބަރުތަކާ ދިމާނުވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ. އަދަދު ނޫހުގެ ސަބް އެޑިޓަރު ސާއިފު ސައީދު ލިޔުނު ރިޕޯޓުގައި އެ ތަފްސީލްތައްވެ އެވެ.

---

"ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި އަޅުގަނޑުމެން މިއައީ ދައްކާފައި. އެއީ އަޅުގަނޑުމެންނާ ދެކޮޅު ބޭފުޅުން, ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ހަގީގަތް. އަޅުގަނޑުމެން ދައްކާނީ ތެެދު ބަހުން ވާހަކަ."

މިއީ އިއްޔެ ރޭ ސަރުކާރުގެ ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުރުވެރިކަމާ އެކު ދެއްކެވި ވާހަކަ އެވެ. ބޭރުގެ ދަރަންޏާއި, އެތެރޭގެ ދަރަންޏާއި, ސޮވްރިންް ޑިވެލޮޕްމަންޓު ފަންޑުގެ ވާހަކައަކީ ރައީސްގެ ވާހަކައިގެ އެންމެ މުހިންމު އުސްއަލިތަކެވެ.

އެމަނިކުފާނު މިހެން ވިދާޅުވުމުން ވެސް އެންމެ ބޮޑު ސުވާލެއް އުފެދުނީ 18 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުން ހޭދަކުރިއިރު އޭގެ 72 ޕަސެންޓު ދަރަނި ދެއްކުމަށް ހޭދަކުރުމަށް ފަހު ބާކީ އޮތް ފަސް ބިލިއަނުން ދައުލަތުގެ ހަރަދުތައް ހަމަޖައްސާނެ ގޮތަކާ މެދު އެވެ.

"ބާކީ އޮތް 13 ބިިލިއަން ރުފިޔާ އެއީ ހުސް ކުރީ ސަރުކާރުގެ "ދަރަނި" ތޯ؟ މި ސަރުކާރުން އޮފީސް ވެސް ނުހުޅުވަނީތޯ ޑްރޯންވެސް ނުގަންނަނީތޯ؟ ރައީސް އާއި ކެބިނެޓް ވަޒީރުން ދަތުރުވެސް ނުކުރައްވަނީތޯ؟," އެކަމާ ގުޅިގެން ސުވާލު އުފައްދަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވި އެވެ.

ބާކީ ފަސް ބިލިއަން ރުފިޔާއިން މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭނެ އެވެ. ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކެއް އުފައްދާފައިވާއިރު މުވައްޒަފުންގެ މުސާރައަށް އެކަނި 5.5 ބިލިއަން ރުފިޔާ ހޭދަވި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރާ ދައުލަތުގެ މާލީ ހިސާބުކިތާބުން އެނގެ އެވެ.

"މި އަހަރުގެ މިހާތަނަށް އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދަށް އެކަނިވެސް 200 މިލިއަން އިތުރަށް ހަރަދު ކޮށްފި. މުސާރަ އާއި ދަައުލަތުގެ ހިންގުމުގެ ޚަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެއްޖެ. 700 ގައި ހުރި ސިޔާސީ މަގާމުތައް މިހާރު ހުރީ 2000 އަށް ވުރެ މަތީގައި," އަމީރު ވިދާޅުވެފައިވެ އެވެ.

ފިސްކަލް ރިޕޯޓްތަކުން ފެންނަ ގޮތުގައި މުވައްޒަފުންނަށް ކުރާ ހަރަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މުވައްޒަފުންނަށް ހިނގާ ހަރަދު މި އަހަރު ވަނީ 11 ޕަސެންޓުން އިތުރުވެފަ އެވެ. ރިކަރަންޓް ހަރަދުވެސް ވޭތުވެދިޔަ އަހަރަށްވުރެ 617 މިލިއަނުން ވަނީ އިތުރުވެފަ އެވެ.

ބަޖެޓުގައި ރާވައިފައިވާ ހުރިހާ އިސްލާހީ ފިޔަވަޅުތައް ލަސްވެފައި ވާއިރު، ސަރުކާރުން ވަނީ ބަޖެޓް ނުހިމެނޭ ބައެއް މަސައްކަތްތައް ފަށާފަ އެވެ. އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ކޭޝްފްލޯގެ ހާލަތު އިތުރަށް ވަނީ ގޯސްވެފަ އެވެ.

އޭގެ ތެރޭގައި ސިޔާސީ ވަޒީފާ އިތުރުކުރުމާއި، އެއާ އެމްބިއުލާންސްގެ ހިދުމަތް ފަދަ އާ ހިދުމަތްތައް ތައާރަފު ކުރުމާއި، ޑްރޯން ގަތުމާއި، ސްކޫލް އޭސީ ޕްރޮޖެކްޓާއި، ބަޖެޓަށް ބެލުމެއް ނެތި ހުރިހާ ފަރާތްތަކަށް ސްޓޫޑެންޓް ލޯނު ދިނުމާއި، ގައުމިއްޔަތުގެ މަޝްރޫއު އާއި، އެކި ޖަމިއްޔާ ޖަމާއަތްތަކަށާއި މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.

ދަރަންޏަށް 13 ބިލިއަން ދައްކައި މުސާރައަށް ފަސް ބިލިއަން ހޭދަކުރާ ދައުލަތަކުން އަހަރުގެ ފުރަތަމަ ހަ މަހުގެ ބިލިއަނުގެ ބަޖެޓުން ކުރެވޭނެ އިތުރު ހަރަދެއް ނެތެވެ. ސަރުކާރުން ހަރަދުތައް ކުޑަކުރި ކަމަށް ބުނި ނަމަވެސް ރަސްމީ މާލީ ހިސާބުކިތާބުތަކުން ފެންނަނީ އެހެން މަންޒަރެކެވެ. ހަރަދުތައް ކުޑަވީ ހަމައެކަނި ޕްރޮޖެކްޓުތައް މަޑުޖައްސައިލުމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox