އަލްބޭނިއާ އަތުން ވެސް މޮޅުވެ ސްޕެއިނަށް ސައްތަ އިން ސައްތަ ރެކޯޑެއް

Jun 24, 2024, 8:54 PM
އަލްބޭނިއާ އަތުން ވެސް މޮޅުވެ ސްޕެއިނަށް ސައްތަ އިން ސައްތަ ރެކޯޑެއް

ޑަސެލްޑޯފް (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަލްބޭނިއާ އަތުން 1-0 އިން މޮޅުވެ، ސްޕެއިނުން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނޮކައުޓް ބުރަށް ތައްޔާރުވެއްޖެ އެވެ.

މިއީ، 2008 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ސްޕެއިނުން ފުރިހަމަ ރެކޯޑަކާ އެކު ޔޫރޯގެ ގްރޫޕް ސްޓޭޖެއް ނިންމާލި ފުރަތަމަަ ފަހަރެވެ.

ގްރޫޕް ބީގެ އެއް ވަނަ ސްޕެއިނުން ތިން މޮޅާ އެކު، ނުވަ ޕޮއިންޓް ހޯދައިގެން ހާސިލްކުރިއިރު، އެ ޓީމަކީ މި ފަަހަރުގެ ޔޫރޯގައި ފުރިހަަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލި ފުރަތަމަ ޓީމެވެ.

މި ގްރޫޕުން އިޓަލީ ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ، ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ނިންމި ކްރޮއޭޝިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ނޮކައުޓް ބުރުގެ ފުރުސަތު ލިބޭކަން އެނގޭނީ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމޭއިރު، އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނޭނަމަ އެވެ. ޔޫރޯގެ ހަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ ތެރެއިން ގަދަ ހަތަރަކަށް ވެސް ނޮކައުޓުން ފުރުސަތު ލިބޭނެ އެވެ.

ގްރޫޕް ބީގެ ފުލަށް ދިޔަ އަލްބޭނިއާ ވަނީ އެއް ޕޮއިންޓާ އެކު މުބާރާތުން ކަޓައިފަ އެވެ.

ސްޕެއިނުން ގިނަ ބަަދަލުތަކާ އެކު މިރޭގެ މެޗަށް ފުރަތަމަ އެގާރަ ނެރުނުއިރު، އެ ޓީމުން ވަނީ މެޗު ފަށައިގެން އަލްބޭނިއާ ފަހަތަށް ބާރު ބޮޑުކުރަން ފަށައިފަ އެެވެ. އެ ގޮތުން، މެޗުގެ 11 ވަަނަ މިނިޓްގައި ސްޕެއިނުގެ ފޯވާޑް، ހޮސޭލޫ ވަނީ ބޮލުން ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ އަލްބޭނިއާގެ ކީޕަރު، ތޯމަސް ސްޓްރަކޯޝާ ވަނީ މަތަކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން، ސްޕެއިނުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޑެނީ އޯލްމޯ ދިން ބޯޅައަކުން އޭރިއާތެރެއިން ފެރާން ޓޮރޭޒް އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. މިއީ ގައުމީ ޓީމަށް ޓޮރޭޒް ޖަހައިދިން 20 ވަނަ ލަނޑެވެ. މިއީ، މި ފަަހަރުގެ ޔޫރޯގައި އަލްބޭނިއާ ކޮޅަށް މެޗެއްގައި ފުރަތަމަ ގޯލެއް ވަން ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްބޭނިއާ އިން އޭރިއާބޭރުން ރަނގަޅު ޝޮޓެއް ފޮނުވާލި އެވެ. އަލްބޭނިއާގެ ކްރިސްޓްޖާން އަލްސާނީ ޖެހި ބޯޅަ ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

ސްޕެއިނުން ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން، ބޯޅަ ހިފަހައްޓައިގެން ކުޅެ އިތުރު އެޓޭކްތަކެއް ކުރެވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، އަލްބޭނިއާ އިން ދިޔައީ ރަނގަޅަށް ޑިފެންސްކޮށް ކައުންޓާގައި އެ ޓީމަށް ވެސް ލަނޑެއް ޖެހޭތޯ ބަލަމުންނެވެ.

އަލްބޭނިއާ އަތުން ސްޕެއިން މި ވަނީ މި ދެ ޓީމު ބައްދަލުކުރި ނުވަ މެޗުން ވެސް މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox