އިންޑިއާގައި ތާށިވި މޯލްޑިވިއަންގެ ފަސިންޖަރުންގެ ގިނަ ކަންބޮޑުވުންތަކެއް

މޯލްޑިވިއަންގެ ފްލައިޓެއް: އިންޑިއާގެ ތިން މަންޒިލެއްގައި ތިބި މޯލްޑިވިއަންގެ ފަސިންޖަރުން ވަނީ ތާށިވެފައި --

މޯލްޑިވިއަންގެ ފްލައިޓެއް: އިންޑިއާގެ ތިން މަންޒިލެއްގައި ތިބި މޯލްޑިވިއަންގެ ފަސިންޖަރުން ވަނީ ތާށިވެފައި --

އިންޑިއާގެ ޓްރިވެންޑްރަމް، ބެންގަލޫރު އަދި ކޮޗިންގައި ތާށިވެފައި ތިބި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަސިންޖަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިއާގެ ތިން މަންޒިލެއްގައި ތިބި މޯލްޑިވިއަންގެ ފަސިންޖަރުން ތާށިވީ އެ އެއާލައިންގެ އެއާބަސް A320 ގެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިންޑިއާއަށް ނުދެވުމުންނެވެ.

އެ ފްލައިޓު އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާއަށް މިސްރާބު ޖެހި ނަމަވެސް، ފްލައިޓަށް ދިމާވި މައްސަލައާއެކު އަނބުރާ ވީއައިއޭއަށް ވަނީ ޖައްސާފަ އެވެ. އަދި މިކަމާ ގުޅޭ ތަފްސީލެއް މިހާތަނަށް މޯލްޑިވިއަންއިން ހާމަކޮށްފައެއް ނުވެ އެވެ.

މޯލްޑިވިއަންގައި ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުން "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އެމީހުންނަށް ނުފުރޭކަން އެނގުނީ ރޭ ފަތިހު އެއާޕޯޓަށް ދެވުމުން ކަމަށާއި ނަމަވެސް މޯލްޑިވިއަންގެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަން އިއްޔެ އެނގޭއިރު ގޮތްތަކެއް ހަމަޖައްސާފައި ނުވާ ކަމަށެވެ.

ހޮޓާތަކަށް ފޮނުވި ފަސިންޖަރުންނަށް ލިބެނީ ހަމައެކަނި ހެނދުނުގެ ނާސްތާ ކަމަށާއި މެންދުރާއި ރޭގަނޑު ކެެއުން ހަމަޖައްސަން މޯލްޑިވިއަން އިން ބުނެފައި ވަނީ އަމިއްލައަށް ކަމަށް ވެސް ފަސިންޖަރުން ބުނި އެވެ.

އިންޑިގޯއިން ބައެއް ފަސިންޖަރުންނަށް ޓިކެޓު މިހާރު ނަގާފައިވާކަން ފާހަގަކޮށް މައުލޫމާތު ދިން މީހަކު ބުނީ މޯލްޑިވިއަންގެ ލަގެޖު ކިލޯއަށް ބަރޯސާވެގެން އައި މީހުން ބަރުވެގެން ލަގެޖަށް ފައިސާ ދައްކަން ޖެހުނު ކަމަށާއި މޯލްޑިވިއަންގެ އެހީތެރިކަމެއް އެކަމުގައި ވެސް ނުލިބޭ ކަމަށް ފަސިންޖަރު ބުނި އެވެ.

"މޯލްޑިވިއަންގެ އިންތިޒާމުތަކާ މެދު ހިތްހަމަ ނުޖެހޭ. އެއާޕޯޓަށް ގެނައީ ނުފުރޭނެކަން އެނގިތިބެ. ކުރިންވެސް އެންގޭނެ އަޅުގަނޑުމެންނަށް ނުފުރޭކަން. ވާނުވާ ނޭގި އެތައް އިރެއް އެއާޕޯޓުގައި ތިބެން ޖެހުނު. ހޮޓާތަކަށް ފޮނުވިއިރު އަމިއްލަ ހަރަދުގައި ކާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ މައްސަލައަކުން ވީ ކަމެއް ނޫން،" ފަސިންޖަރަކު ބުންޏެވެ.

މީގެއިތުރުން ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން އެއާޕޯޓުގައި ކާއެއްޗެއް ނުލިބި ގިނަ އިރުތަކެއްވި ކަމަށާއި މުއާމަލާތްކުރަން މޯލްޑިވިއަންގެ އެއްވެސް ދިވެހި މުވައްޒަފަކާ ބައްދަލުނުވި ކަމަށް ވެސް ފަސިންޖަރު ވަނީ ބުނެފަ އެވެ.

މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު "އަދަދު" އަށް ވިދާޅުވީ މޯލްޑިވިއަންގެ 200 އެއްހާ ފަސިންޖަރުން ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރުގައި ތާށިވެފައިވާ ކަމަށާއި އެ އެންމެން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފަސިންޖަރުންނަށް އެކި އޮޕްޝަންތައް ދެމުން މިދަނީ. ބައެއް މީހުން ހޮޓެލްތައް ހަމަޖައްސައި ވަނީ ފޮނުވާފައި. ބައެއް މީހުންނަށް އެހެން އެއާލައިންތަކުން ރީފަންޑު ދީފައި ޓިކެޓު މިދަނީ ހޯދައިދެމުން. ވީ އެންމެ އަވަހަކަށް ފަސިންޖަރުން ގެންނަން މަސައްކަތް މި ކުރަނީ. ސީދާ އެންމެން ގެނެވޭނެ އިރެއް ބުނާކަށް ނޭގޭ،" ނަސީރު ވިދާޅުވި އެވެ.

މީގެކުރިން ވެސް މޯލްޑިވިއަންގެ ފަސިންޖަރުންތައް އިންޑިއާގައި ތާށިވެފައި އެބަ ހުއްޓެވެ. އެއީ ހަމަ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox