ސްޕެއިނާ ކުޅުނަސް އަލްބޭނިއާގެ އަމާޒުހުރީ ތާރީހީ ކާމިޔާބަކަށް

Jun 24, 2024, 4:57 AM
ސްޕެއިނާ ކުޅުނަސް އަލްބޭނިއާގެ އަމާޒުހުރީ ތާރީހީ ކާމިޔާބަކަށް

ޑަސެލްޑޯފް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭގެ މެޗުގައި ސްޕެއިނާ ދެކޮޅަށް ނަތީޖާ ނެރެންޖެހޭ މެޗެއްގައި ނުކުންނަން ޖެހުނަސް އަލްބޭނިއާގެ ފޯކަސް ހުރީ މެޗުން މޮޅެއް ހޯދައި ތާރީހީ ކާމިޔާބަކަށް ކަމަށް އެ ޓީމުގެ ކޯޗު ސިލްވީނިއޯ ބުނެފި އެވެ.

ގްރޫޕް ބީގެ ތާވަލަށް ބަލާއިރު، ސްޕެއިން މި ވަގުތު ވެސް އޮތީ ހަ ޕޮއިންޓް ހޯދައިގެން އަނެއް ބުރު ޔަގީންކޮށްފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް އިޓަލީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އަލްބޭނިއާ އާއި ހަތަރެއްގައި އޮތް ކްރޮއޭޝިއާ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

އަލްބޭނިއާ އިން މިރޭ ސްޕެއިނާ ދެކޮޅަށް ނަތީޖާއެއް ނެރެފިނަމަ، އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައިދާނެ އެވެ.

އަލްބޭނިއާ މިހާތަނަށް ސްޕެއިނާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް، އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ، ކުރިމަތީގައި އޮތް ޗެލެންޖް ކާމިޔާބު ކުރަން ވިސްނާނެ ކަމަށް އަލްބޭނިއާގެ ކޯޗު ސިލްވީނިއޯ ވަނީ ބުނެފަ އެވެ.

ސްޕެއިނުގެ ބާސެލޯނާ އަށް ކުރިން ކުޅުނު ސިލްވީނިއޯ ބުނީ އަލްބޭނިއާ އަށް ވެސް މި މެޗުން ހާސިލްކުރެވޭނެ ކަންކަން ހުރުމުން އުންމީދު އެބައޮތް ކަމަށެވެ.

"ތެދެއް، އަހަރެމެންނަށް އެނގޭ ސްޕެއިނަކީ ވަރުގަދަ ޓީމެއް ކަން. އަހަރެމެން ވެސް މި ތިބީ ހާސިލްކުރެވޭނެ ބޮޑު އެއްޗެއްގެ އުންމީދުގައި، އަހަރެމެން މަސައްކަތް ކުރާނަން. އަހަރެމެންގެ އެބަތިބި ވިސްނުންތޫނު އަދި ހިތްވަރުހުރި ކުޅުންތެރިން، އެހެންވީމަ، އުންމީދާ އެކު މި ދަނީ، ކުރިއަށް،" ސިލްވީނިއޯ ބުންޏެވެ.

އޭނާ ބުނީ، އަލްބޭނިއާގައި ދިރިއުުޅޭ ތިން މިލިއަން މީހުންނާ މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ އަލްބޭނިއާ އަށް ނިސްބަތްވާ 10 ވަރަކަށް މިލިއަން މީހުންނަށް މިއީ ވަރަށް ހާއްސަ މުބާރާތެއް ކަމަށެެވެ. މީގެ ކުރިން އަލްބޭނިއާ އަށް ނިސްބަތްވާ އެތައް ޖީލަކަށް އެ ޓީމު ޔޫރޯގައި ކުޅެނިކޮށް ނުފެންނަ ކަމަށާއި މި ފަހަރު އުންމީދަކާ އެކު ކުރިއަށްދާ މަންޒަރު ފެންނާތީ، މިއީ އެ ގައުމުގެ ފުޓްބޯޅަ ކުރިއަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ސިލްވީނިއޯ ގަބޫލުކުރެ އެވެ.

މި ފަހަރުގެ ޔޫރޯގައި އަލްބޭނިއާ އިން ކުޅުނު ދެ މެޗުގައި ވެސް ފުރަތަމަ ލަނޑު ޖެހީ އެ ޓީމުންނެވެ. ސިލްވީނިއޯ ބުނީ، ފުރަތަމަ ލަނޑު ޖެހުމަށް ވުރެ އެ ޓީމަށް ހަގީގަތުގައި ބޭނުންތެރި ކަމަކީ މުޅި މެޗުގައި ބަހައްޓަން ޖެހޭ ސަމާލުކަމާ އެކީ ކުރިއަށްދިއުން ކަމަށެެވެ.

ސްޕެއިނާއި އަލްބޭނިއާ ކުޅޭ މެޗު ފަށާނީ 12 ޖަހާއިރު އެވެ. ހަމަ އެ ވަގުތުގައި މި ގްރޫޕްގެ އަނެއް މެޗުގައި ކްރޮއޭޝިއާ އިން އިޓަލީއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox