އޮޕަރޭޝަނަށް ހުރަސްއަޅާ ދޯނިތަކުން މަސް ނުގަންނާނެ ކަމުގެ އިންޒާރު މިފްކޯއިން ދީފި

މަސް ދޯނިފަހަރު; އޮޕަރޭޝަނަށް ހުރަސްއަޅާ ދޯނިތަކުން މަސްގަތުން ހުއްޓާލާނެ ކަމުގެ އިންޒާރު މިފްކޯއިން ދީފައިވޭ -- ފޮޓޯ: އަދަދު

މަސް ދޯނިފަހަރު; އޮޕަރޭޝަނަށް ހުރަސްއަޅާ ދޯނިތަކުން މަސްގަތުން ހުއްޓާލާނެ ކަމުގެ އިންޒާރު މިފްކޯއިން ދީފައިވޭ -- ފޮޓޯ: އަދަދު

މިފްކޯގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެންދިއުމަށް މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކާއި, ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުތަކުން މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނިފަހަރުގެ މަސްވެރިން ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖާ ގުޅިގެން މިފްކޯއިން ނެރުނު ބަޔާނުގައި މި އިންޒާރު ދިނީ, އެ އިޖުތިޖާޖުގައި ފިޝަރީޒް ކޮމްޕްލެކްސްގެ މަނާ ސަރަަހައްދުތަކަށް ވަދެ, ތަނުގެ އޮޕަރޭޝަނަށް ހުރަސް އަޅާ އަދި ތަނުގެ މުވައްޒަފުންގެ އަސާސީ ހައްގުތަކަށް ހުރަސްއަޅާ ކަމަށް ބުނެ އެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ކުރަމުން ގެންދާ އިހުތިޖާޖުތަކާ ގުޅިގެން އެ ތަނުގެ އޮޕަރޭޝަން ހުއްޓި, ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، އެ ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިފްކޯއިން ބުނީ, އިޖުތިޖާޖުގެ ބައިވެެރިން ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާހާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާ ކަމަށެވެ.

އެ ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވާ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދުފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އަމަލުތައް ބަހައްޓާފައިވާ ކަަމަށް ވެސް މިފްކޯއިން ބުންޏެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް، ފުލުހުން މެދުވެރިވެގެން ކަރަންޓު ދިނުމަށް މިފްކޯއިން މިއަދު ހަވީރު މަސައްކަތް ކޮށްފައިވެ އެވެ. ފުލުހުން ބުނީ އެކަމުގައި ހަރަކާތްތެރި އިރު، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާނެ ކަމަށެވެ.

"ފުލުހުން މެދުވެރިވެގެން ކަރަންޓު ދިންފަހުން، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ކަރަންޓުވަނީ އަލުން ކަނޑާލާފައި. އެހެންކަމުން އަލުން ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން," ފުލުހުން ބުންޏެވެ.

މަސްވެރިންނަށް ދެންޖެހޭ ފައިސާ ދެވޭ ވަރަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯގައި މިވަގުތު ފައިސާ ނެތް ކަމަށާއި އެހެންނަމަވެސް މަސައްކަތް ކުރަމުން ދަނީ މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox