ބެލްޖިއަމްގެ ކޯޗުގެ އިތުބާރު ލުކާކޫ އަށް އެބައޮތް

Jun 22, 2024, 7:34 AM
ބެލްޖިއަމްގެ ކޯޗުގެ އިތުބާރު ލުކާކޫ އަށް އެބައޮތް

ކޮލޯން (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ފޯވަޑް ރޮމެލޫ ލުކާކޫ ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލިޔަސް، އަދިވެސް އޭނާ އަށް އިތުބާރު އެބައޮތް ކަމަށް ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ބުނެފި އެވެ.

ގުރޫޕް އީގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން 1-0 އިން އެ ޓީމު ވަނީ ބަލިވެފަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ލުކާކޫ ދެ ފަހަރުު ސްލޮވާކިއާގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، ދެ ފަހަރުވެސް ވީއޭއާރް އިން ވަނީ އެ ލަނޑުތައް ކެންސަލްކޮށްފަ އެވެ.

އެކަމަކު، އޭގެ ކުރިންވެސް ލުކާކޫ އަށް މެޗުގައި ގިނަ ފުރުސަތުތަކެއް ލިބި، ބޭނުން ނުހިފުނެވެ. މި މެޗަށް ފަހު އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވި ކުޅުންތެރިޔަކީ ލުކާކޫ އެވެ.

މިރޭ ރުމޭނިއާއާ ދެކޮޅަށް ބެލްޖިއަމް މުހިންމު މެޗަކަށް ނުކުންނައިރު، ބެލްޖިއަމްގެ ކޯޗު ޓެޑެސްކޯ ބުނީ ލުކާކޫ އަށް އިތުބާރު އެބައޮތް ކަމަށެވެ.

"އަހަރަމެން އެންމެން ވެސް ބޭނުންވަނީ ލުކާކޫ އަށް ހަ ޗާންސް ލިބިއްޖެއްޔާ އެ ހުރިހާ ޗާންސަކުން ވެސް ގޯލެއް. އެކަމަކު ލުކާކޫ އަކީ ކޮލިޓީ ކުޅުންތެރިޔަކަށް ވިޔަސް އެއީ ވާނެ ކަމެއް ނޫން،" ޓެޑެސްކޯ ބުންޏެވެ.

"އަހަރެން ޓްރެއިނިންއަށް ފަހު ލުކާކޫއާ ވަކިން ވާހަކަ ދެއްކިން. ލުކާކޫއަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ."

ޓެޑެސްކޯ ބުނީ އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅެވުނު ތަޖުރިބާކާރު މިޑްފީލްޑަރު އެކްސެލް ވިޓްސެލް މިރޭގެ މެޗުގައި ވެސް ނުފެންނާނެ ކަމަށެވެ.

ޔޫރޯގެ ގަދަ 16 ގެ ޖާގައެއް ހޯދުމަށް މިރޭ ރުމޭނިއާ އަތުން މޮޅެއް ހޯދުން ބެލްޖިއަމް އަށް މުހިންމެވެ. ރުމޭނިއާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫކްރެއިން އަތުން 3-0 އިން މޮޅުވެފަ އެވެ.

ޓެޑެސްކޯ ބުނީ ރުމޭނިއާގެ ގިނަ މެޗުތަކެއް އޭނާ ބަލައި، ދިރާސާކޮށްފައިވާ ކަމަށެވެ. އަދި ބެލްޖިއަމް އިން މިރޭގެ މެޗުގައި ހަމައެކަނި ވިސްނާނީ މޮޅަކަށް ކަމަށެެވެ.

"އަަހަރަމެން ހުރިހާ ޓީމަކަށްވެސް އިހުތިރާމްކުރާނަން. އެކަމަކު އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަންނާނެ. އަހަރަމެން ބޭނުންވަނީ މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހާސިލްކުރަން. ގުރޫޕް ސްޓޭޖުން ސަލާމަތްވެއްޖެއްޔާ ރަނގަޅު ހިސާބަކަށް ދެވިދާނެ،" ޓެޑެސްކޯ ބުންޏެވެ.

ބެލްޖިއަމް އާއި ރުމޭނިއާ 12 ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮންމެ ޓީމެއް ވެސް ފަސް މެޗުން މޮޅުވި އެވެ. ދެ މެޗު އެއްވަރުވެފައިވެ އެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2012 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ ފަހަރު 2-1 އިން މޮޅުވީ ރުމޭނިއާ އެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox