ޑެންމާކާ އެއްވަރުވެ އިންގްލެންޑަށް އިންތިޒާރެއް

Jun 20, 2024, 5:55 PM
ޑެންމާކްގެ އޭރިއާތެރެއިން އިންގްލެންޑްގެ ކޭން ބޯޅަ ފޮނުވާލަނީ.---

ޑެންމާކްގެ އޭރިއާތެރެއިން އިންގްލެންޑްގެ ކޭން ބޯޅަ ފޮނުވާލަނީ.---

ފްރޭންކްފާޓް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކާ 1-1 އިން އެއްވަރުވެ، އިންގްލެންޑުން ގަދަ 16 ބުރުގެ ޖާގައެއް ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އިންގްލެންޑް އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑެންމާކާއި ތިން ވަނައިގައި އޮތް ސްލޮވީނިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ސާބިއާ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، އިންގްލެންޑުން ކުޅޭނީ ސްލޮވީނިއާއާ އެވެ. ސާބިއާ ބައްދަލުކުރާނީ ޑެންމާކާ އެވެ. ދެ މެޗު ކުޅޭނީ އެއް ވަގުތެއްގަ އެވެ.

ފްރޭންކްފާޓް އެރީނާގައި މިރޭ ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި އިންގްލެންޑަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން، ހެރީ ކޭން އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ކޭން ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ލަނޑާ އެކު ކޭން ވަނީ މައިކަލް އޯވެން އާއި ވޭން ރޫނީއާ އެއްވަރަށް ޔޫރޯ އާއި ވޯލްޑް ކަޕްގައި އިންގްލެންޑަށް ގޯލު ޖަހައިދީފަ އެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.

އިންގްލެންޑަށް ލީޑުގައި އޮވެ ފުރަތަމަ ހާފު ވެސް ނިންމައިނުލެވުނެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޑެންމާކަށް އެއްވަރުކޮށްދިނީ މޯޓެން ހިއުލްމަންޑް އެވެ. އޭރިއާބޭރުން ހިއުލްމަންޑް ޖެހި ބާރު ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. މިއީ ގައުމީ ޓީމަށް ހިއުލްމަންޑް ޖަހައިދިން ފުރަތަމަ ގޯލެވެ.

ލަނޑު ޖެހުމަށް ފަހު ހިއުލްމަންޑް އުފާފާޅުކުރަނީ.---

ފުރަތަމަ ހާފުގައި އަލުން ލީޑުނެގޭތޯ އިންގްލެންޑުން މަސައްކަތްކުރިއިރު، ޑެންމާކުން ވެސް ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް ކުރި އެވެ.

ޑެންމާކުން ވަނީ ދެ ވަނަ ހާފުގައި ކުރިއަށް ޖެހިގެން ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެވޭތޯ މަސައްކަތްކޮށްފަ އެވެ. އެ ގޮތުން، ޑެންމާކުން ބަދަލަކަށް ކުޅެން އެރި މިކެލް ޑަމްސްގާޑް އާއި ޕިއޭ އެމީލް ހޮއިބިއާ ޖެހި ބޯޅަ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

އިންގްލެންޑަށް އަލުން ލީޑުނަގައިދޭން ދެ ވަނަ ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ފިލް ފޯޑެން އެެވެ. އޭރިއާބޭރުން ފޯޑެން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބަދަލަކަށް ކުޅެން އެރި އިންގްލެންޑްގެ ފޯވާޑް، އޮލީ ވަޓްކިންސް ހުސްކޮށް އަރައި ޖެހި ބޯޅަ ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

އިންގްލެންޑުން ޑެންމާކާ އެއްވަރުވެގެން މެޗު ނިމުނުއިރު، އަނެއްކާ ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ދެ މެޗުން މޮޅުވުމަށް އެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ. އިންގްލެންޑަށް އަދި މިހާތަނަށް ޔޫރޯގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox