އަލްބޭނިއާ އާއި ކްރޮއޭޝިއާ ސަޕޯޓަރުންނަށް ފިޔަވަޅު ނާޅައިފިނަމަ ޔޫރޯއިން ވަކިވާނެކަމުގެ އިންޒާރު ސާބިއާއިން ދީފި

Jun 20, 2024, 12:34 PM
އަލްބޭނިއާ އާއި ކްރޮއޭޝިއާ ސަޕޯޓަރުންނަށް ފިޔަވަޅު ނާޅައިފިނަމަ ޔޫރޯއިން ވަކިވާނެކަމުގެ އިންޒާރު ސާބިއާއިން ދީފި

މިއުނިކް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ އަލްބޭނިއާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ސާބިއާއާ ދެކޮޅަށް އެ ދެ ޓީމުގެ ސަޕޯޓަރުން ފާޅުކުރި ޝުއުރޫތަކާ ގުޅިގެން ހިތްހަމަނުޖެހި، އެ ދެ ޓީމުގެ ސަޕޯޓަރުންނަށް ފިޔަވަޅު ނާޅައިފިނަމަ ޔޫރޯ އިން ވަކިވާނެކަމުގެ އިންޒާރު ސާބިއާ އިން ދީފި އެވެ.

ކްރޮއޭޝިއާ އާއި އަލްބޭނިއާ ރޭ 2-2 އިން އެއްވަރުވި މެޗުގައި މި ދެ ޓީމުގެ ސަޕޯޓަރުން ސާބިއާ މީހުން މެރުމަށް ގޮވައި، އަޑުގަދަކުރިއެވެ.

މިކަމާ ގުޅިގެން ސާބިއާގެ ފުޓްބޯލް ފެޑަރޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޖޯވާން ސުރްބަޓޮވިޗް ވަނީ ކްރޮއޭޝިއާ އާއި އަލްބޭނިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ. އަދި ސާބިއާ މުބާރާތުން ވަކިވާންޖެހުނަސް، އެކަން ވެސް ކުރާނެ ކަމަށެވެ.

"އަހަރަމެން މި ގޮވާލަނީ ޔުއޭފާއަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން. ޔުއޭފާ އިން ފިޔަވަޅު އަޅާނެހެން ހީވަނީ. ފިޔަވަޅު ނާޅައިފިނަމަ، ދެން ކަންތައް ކުރަންޖެހޭ ގޮތް އަހަރަމެންނަށް އެނގޭ" ސުރްބަޓޮވިޗް ބުންޏެވެ.

ޔޫރޯގެ ގުރޫޕް ސީގައި ސާބިއާ ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން ބަލިވީ 1-0 އިންނެވެ. އެ މެޗުގައި ސާބިއާގެ ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކާފައިވާތީ، ޔުއޭފާ އިން ވަނީ އެ ޓީމު 12،250 ޕައުންޑުން ޖޫރިމަނާކޮށްްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox