ސްލޮވީނިއާގެ އަމާޒު ތާރީހުގައި ލިޔެލެވޭނެ ކާމިޔާބަކަށް

Jun 20, 2024, 5:16 AM
ސްލޮވީނިއާގެ އަމާޒު ތާރީހުގައި ލިޔެލެވޭނެ ކާމިޔާބަކަށް

މިއުނިކް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސާބިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ސްލޮވީނިއާ އިން އަމާޒުހިފާފައިވަނީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ލިޔެލެވޭނެ ފަދަ ކާމިޔާބަކަށް ކަމަށް އެ ޓީމުގެ ކޯޗު މަޓްޖަޒް ކެކް ބުނެފި އެވެ.

ސްލޮވީނިއާ އިން މީގެ ކުރިން ޔޫރޯގައި ކުޅުނު ހަމައެކަނި ފަހަރަކީ 2000 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަަހަރު ދެ މެޗުން އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ދެ ވަނަ ފަހަރަށް ޔޫރޯގައި ކުޅުމުގެ ފުރުސަތު 24 އަހަރަށް ފަހު ސްލޮވީނިއާ އަށް ލިބުނުއިރު، މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޑެންމާކާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

މިރޭ ސާބިއާއާ ދެކޮޅަށް ނުކުންނައިރު، ސްލޮވީނިއާގެ އެންމެ ބޮޑު އަމާޒަކީ ޔޫރޯގެ ތާރީހުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދުމެވެ.

"އަހަރެމެންނަށް ޑެންމާކް މެޗުގެ ދެ ވަނަ ހާފުގައި އެ ފެނުނު ކުޅުން ދައްކައިފިނަމަ، މި ބޭނުންވާ ކަންކަން ހާސިލްކުރެވޭނެ، މޮޅަކަށް އަމާޒުހިފާފައި މި ހުރީ،" ކެކް ބުންޏެވެ.

އޭނާ ބުނީ ސާބިއާ އަކީ ވަރަށް ވަރުގަދަ އަށް ކުޅޭ ޓީމެއް ކަމަށާއި އެހެންކަމުން މިއީ، ސްލޮވީނިއާގެ މުޅި ޓީމު ބޭނުންވާނެ މެޗެއް ކަމަށެވެ.

"ހަަމައެކަނި 11 ކުޅުންތެރިންނެއް ނޫން އެންމެ ފުރިހަމަ އަށް ތައްޔާރުވާންވީ، މުޅި ޓީމު، އަހަރެމެންނަށް ސާބިއާގެ ފުރަތަމަ މެޗުގެ ކުޅުން ފެނިއްޖެ، ފަސޭހަކޮށް، އާދައިގެ ގޮތަކަށް ނުވިސްނައި، ވަރަށް ވަރުގަދަ މެޗަކަށްކަން ގަބޫލުކުރަން ޖެހޭ މި ނުކުންނަނީ،" ކެކް ބުންޏެވެ.

އޭނާ ބުނީ މި ގޮތަށް ވިސްނުން ބަހައްޓައިގެން ތައްޔާރުވި ކަމުގައި ވިޔަސް ތަޖުރިބާއާ ހުރިހާ ކަމަކަށް ބަލާއިރު ސްލޮވީނިއާ އަށް އަދި ހާސިލްނުކުރެވިދާނެ ކަންކަން ވެސް ހުންނާނެކަން ގަބޫލުކުރާ ކަމަށެވެ. އަދި މާ ބޮޑެތި ކަންކަމަށް އުންމީދުކޮށްގެން ބޮޑެތި ޓީމުތައް ވެސް "ފެއިލްވެފައި" ހުރިކަން ދަންނަ ކަމަށާއި މީގެ އޮތީ ދަނޑުމަތީގައި އެއް ވިސްނުމެއްގައި ޓީމު މަސައްކަތްކުރުން ކަމަށެެވެ.

"އަހަރެމެން އެންމެން ވެސް ބޭނުންވަނީ ރަނގަޅު ނަތީޖާ. އަހަރެމެން ސާބިތުކޮށްދޭން ބޭނުންވޭ، މި ފަހަރުގެ ޔޫރޯ އަށް އަހަރެމެން ކޮލިފައިވީ، މި ލެވަލްގައި ކުޅެން ހައްގުވާތީކަން،" ކެކް ބުންޏެވެ.

ބޮޑު މުބާރާތްތަކުގައި ސްލޮވީނިއާ ކުޅުނު 10 މެޗުން އެ ޓީމު މޮޅުވެފައިވާ ހަމައެކަނި މެޗަކީ، 2010 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އަލްޖީރިއާ އަތުން 1-0 އިންނެވެ.

ސާބިއާ އާއި ސްލޮވީނިއާ ވަނީ އަށް ފަހަރު ބައްދަލުކޮށްފަ އެވެ. ހަ މެޗު އެއްވަރުވިއިރު، ކޮންމެ ޓީމެއް ވަނީ އެއް މެޗުން މޮޅުވެފަ އެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox