އަލްބޭނިއާ އަށް ހައިރާންކުރަނިވި ނަތީޖާއެއް ނެރެވިދާނެ

Jun 19, 2024, 4:53 AM
އަލްބޭނިއާ އަށް ހައިރާންކުރަނިވި ނަތީޖާއެއް ނެރެވިދާނެ

ހެމްބާގް (ޖޫން 19) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލްބޭނިއާ ހިމެނިފައި އޮތީ ވަރަށް އުނދަގޫ ގްރޫޕެއްގައި ކަމަށާއި އެކަމަކު ފުރަތަމަ މެޗުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ހިތްވަރަށް ބަލާއިރު، މި މުބާރާތުގައި އަލްބޭނިއާ އަށް ހައިރާންކުރަނިވި ނަތީޖާއެއް ނެރެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު ސިލްވީނިއޯ ބުނެފި އެވެ.

ޔޫރޯގެ ތާރީހުގައި ޖެހި އެންމެ އަވަސް ގޯލު ޖެހި ނަމަވެސް، އަލްބޭނިއާ ވަނީ އިޓަލީ އަތުން 2-1 އިން ބަލިވެފަ އެވެ.

ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި، މިރޭ ކްރޮއޭޝިއާއާ ކުޅުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިލްވީނިއޯ ބުނީ، ފުރަތަމަ މެޗުގައި އިޓަލީއާ ދެކޮޅަށް ދެއްކި ކުޅުމުން ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށެެވެ.

"އަހަރެމެން ވަރަށް ރަނގަޅު މެޗެއް ކުޅުނީ، (އިޓަލީއާ ދެކޮޅަށް). އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ފުރުސަތު އޮތް އަހަރެމެންނަށް ނަތީޖާ ބަދަލުކޮށްލެެވެން، ވަރަށް ގިނަ ކަންކަން ދަސްވެގެންދިޔަ، އަހަރެމެންނަށް މި ގްރޫޕްގައި ކުރިއަށް މި އޮތީ ރަނގަޅު ފުރުސަތުތަކެއް ކަމަށް ދެކެނީ، މިއީ ވަރަށް އުނދަގޫ ގްރޫޕެއް، ވަރަށް ވަރުގަދަ މެޗުތަކެއް މި ޖެހެނީ، މީގެއިން ކޮންމެ ޓީމަކާ ކުޅެގެން އަހަރެމެން ކުރިއަރާނެ،" ސިލްވީނިއޯ ބުންޏެވެ.

"ފުޓްބޯޅައިގައި އޮންނަނީ މަސައްކަތްކުރުން، އޭގެއިން ހީނުކުރާ ފަދަ ނަތީޖާވެސް ނެރެވިދާނެ،"

ސިލްވީނިއޯ ބުނީ ފުރަތަމަ މެޗުގައި ސްޕެއިން އަތުން ކްރޮއޭޝިއާ ބަލިވި މެޗު ރަނގަޅަށް ދިރާސާކޮށްފައިވާނެ ކަމަށެވެ. އަދި ކްރޮއޭޝިއާ އަކީ ތަރިން ގިނަ ޓީމެއް ކަމަށާއި ރަނގަޅު ލެވަލްގެ ގިނަ ތަޖުރިބާހުރި ކުޅުންތެރިން އެބަތިބި ކަމަށެވެ.

"އިޓަލީ އަށް ވެސް އިހުތިރާމް ދީގެން އަހަރެމެން ކުޅުނީ، ކްރޮއޭޝިއާ އަށް ވެސް ދޭނަން. އެކަމަކު، އަހަރެން ދެކޭގޮތުގައި މި މެޗުގައި އަހަރެމެންނަށް އެޓޭކް ކުރަން ގިނަ ފުރުސަތު ލިބޭނެ،" ސިލްވީނިއޯ ބުންޏެވެ.

މިއީ އަލްބޭނިއާ އިން ޔޫރޯގައި ކުޅޭ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު 2016 ވަނަ އަހަރުގެ ޔޫރޯގައި ގްރޫޕް ސްޓޭޖުން ކެޓިއިރު، ފަހު މެޗުން ވަނީ 1-0 އިން ރުމޭނިއާ ބަލިކޮށްފަ އެވެ. ސިލްވީނިއޯ ހުރީ އެ ކާމިޔާބަށް ވުރެ ތާރީހީ ކަމެއް ހާސިލްކުރުމުގެ އުންމީދުގަ އެވެ.

އަލްބޭނިއާ އާއި ކްރޮއޭޝިއާ ކުޅޭ މެޗު ފަށާނީ މިރޭ 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox