ރައީސް މުއިއްޒު އާއިލާއާއެކު ޗުއްޓީއަކަށް ލަގްޒަރީ ރިސޯޓު ވެލާއަށް ވަޑައިގެންފި

ރައީސްގެ ދެކަނބަލުން:

ރައީސްގެ ދެކަނބަލުން:

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާ ޗުއްޓީ ދަތުރެއްގައި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަށް ވަޑައިގެންފި އެވެ.

ރައީސްގެ ޗުއްޓީ ދަތުރާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމެންޓެއް ނުލިބުނެވެ. ނަމަވެސް ރައީސް ޗުއްޓީއަށް ވެލާ ރިސޯޓަށް ވަޑައިގެންނެވިކަން މި ނޫހަށް ވަނީ ދެ މަސްދަރަކުން ކަށަވަރުވެފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް ވަޑައިގެންނެވީ ޗުއްޓީއަށް އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި އެމަނިކުފާނުގެ ދެ ދަރިކަލުން އަދި ދަރިކަނބަލާއެކު އެވެ.

ވެލާ ރިސޯޓަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ލަގްޒަރީ ރިސޯޓެވެ. ޗެކް ރިޕަބްލިކްގެ ބަޔަކު ހިންގާ އެ ރިސޯޓަކީ ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އިސްތިހާރުކޮށް ކޮޓަރި ވިއްކާ ރިސޯޓެކެވެ.

ވެލާ ރިސޯޓުގައި ނުވަ ބާވަތެއްގެ ކޮޓަރި ވިއްކަ އެވެ. އޭގެ ތެރޭގައި 10 މީހުންނަށް ތިބެވޭ ހަތަރު އެނދުގެ ޕްރައިވެޓް ދެ ރެސިޑެންސް ހިމެނެ އެވެ. އެއީ އެ ރިސޯޓުގެ އެންމެ އަގުބޮޑު ދެ ތަނެވެ.

އޭގެ އިތުރުން، ފަސް މީހުންނަށް ތިބެވޭ ގޮތަށް ހަދާފައި ހުންނަ ބީޗް ޕޫލް ހައުސްއަކާއި އޯޝަން ޕޫލް ހައުސްއަކާއި ތިން މީހުންނަށް ތިބެވޭ ރޮމޭންޓިކް ރެސިޑެންސެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.

މިއީ ނޮވެމްބަރު 17، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެފި ފަހުން ރައީސް މުއިއްޒު ނަންގަވާ ތިން ވަނަ ޗުއްޓީ އެވެ. މީގެ ކުރިން މާޗް 21، 2024، އަދި އޭޕްރީލް 30، 2024، ގައި އެމަނިކުފާނު ވަނީ ޗުއްޓީ ދަތުރުތަކެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

މީގެ ކުރިން ދިވެހިރާއްޖޭގެ ރައީސްއަކު ޗުއްޓީއަކަށް ރިސޯޓަކަށް ވަޑައިގެންނެވިކަން އެނގިފައެއް ނުވެ އެވެ. ނަމަވެސް ބައެއް އެހެން ދަތުރުތަކުގައި ރައީސުން ރިސޯޓުތަކުގައި މަޑުކުރެއްވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ގިނައިން ޗުއްޓީއަށް ވަޑައިގެންނެވީ ސިންގަޕޫރާއި ސްރީ ލަންކާއަށެވެ. ސޯލިހުގެ އާއިލީ ބައެއް ބޭފުޅުން ސިންގަޕޫރުގައި ދިރިއުޅުއްވަ އެވެ. އޭގެ އިތުރުން ޔޫއޭއީއަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޗުއްޓީ ދަތުރުތަކާ ބެހޭ މައުލޫމާތު މާ ބޮޑަށް ހާމަ ނުކުރެއްވި ނަމަވެސް އެނގިފައިވާ ގޮތުގައި އެމަނިކުފާނު އެންމެ ގިނައިން ޗުއްޓީ ހޭދަ ކުރެއްވީ ޕްރެޒިޑެންޝަލް ރިޓްރީޓް އާ ރަށުގަ އެވެ. ނަމަވެސް ބައެއް ބޭރު ގައުމުތަކަށް ވެސް ދަތުރު ކުރެއްވި ކަމަށްވެ އެވެ. އޭގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ.

އޭގެ ކުރިން ހުންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެމެރިކާއަށް ކުރެއްވި ދަތުރެއް ނިންމާލެއްވުމަށްފަހު ނިއު ޔޯކުގައި ޗުއްޓީ ހޭދަ ކުރެއްވި އެވެ. އަދި މެލޭޝިޔާއަށް ވެސް ޗުއްޓީ ދަތުރެއްގައި ވަޑައިގެންނެވި އެވެ.

ރައީސް ވަހީދުގެ ކުރިން ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދު ޗުއްޓީ ނެންގެވީ ވަރަށް މަދުންނެވެ. ޗުއްޓީ ދަތުރެއްގައި އެމަނިކުފާނު ވައިކަރަމުރައިދޫއަށް ވަޑައިގަތެވެ. އެއީ އެމަނިކުފާނުގެ އެއިރުގެ އަނބިކަނބަލުންގެ ބައްޕަގެ ރަށެކެވެ. ޗުއްޓީ ދަތުރެއްގައި ބޭރު ގައުމަކަށް ނަޝީދު ވަޑައިގެންނެވިކަމެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox