ޕޮއިންޓަކާ އެކު ވެސް ސްލޮވާކިއާގެ ކޯޗު ހިތްހަމަޖެހޭނެ

Jun 17, 2024, 5:13 AM
ޕޮއިންޓަކާ އެކު ވެސް ސްލޮވާކިއާގެ ކޯޗު ހިތްހަމަޖެހޭނެ

ފްރޭންކްފަޓް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާުތުގެ ގުރޫޕް އީގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ސްލޮވާކިއާ ނުކުންނައިރު، މެޗުން ޕޮއިންޓެއް ލިބުނަސް ހިތްހަމަޖެހޭނެ ކަމަށް ސްލޮވާކިއާގެ ކޯޗު ފްރަންޗެސްކޯ ކަލްޒޯނާ ބުނެފި އެވެ.

ގުރޫޕް އީގެ ބެލްޖިއަމް އާއި ސްލޮވާކިއާއާ އެކު ދެން އޮތީ ރޫމޭނިއާ އަދި ޔޫކްރެއިން އެވެ.

މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ކަލްޒޯނާ ބުނީ ބެލްޖިއަމްއަކީ މި މެޗުގެ ފޭވަރިޓުން ކަމަށާއި މެޗުން ސްލޮވާކިއާއަށް ޕޮއިންޓެއް ލިބުނަސް ހިތްހަމަޖެހޭނެ ކަމަށެވެ.

"އަހަރެން އުންމީދުކުރަނީ ޓީމުން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް. އަހަރެން ބޭނުންވާ ގޮތަކީ ބަލިނުވުން،" މިދިޔަ ސީޒަންގެ ފަހުކޮޅު ނަޕޯލީގެ ވަގުތީ ކޯޗުކަންވެސް ކުރި ކަލްޒޯނާ ބުންޏެވެ.

"ބެލްޖިއަމް އަކީ ޓްރާންސިޝަންގައި އަދި ކައުންޓާ އެޓޭކްގައި ވަރަށް މޮޅު ޓީމެއް. އެކަމަކު އަހަރަމެންވެސް ކުޅޭ ވަކި ގޮތެއް އޮންނާނެ."

ކަލްޒާނޯ ވަނީ މިދިޔަ ސީޒަނުގެ ފަހު ބައިގައި ނަޕޯލީގެ ކޯޗުކަން ވެސް ކޮށްދީފަ އެވެ. އެއީ، ސްލޮވާކިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރުހުމާ އެކު އެވެ.

ބެލްޖިއަމްގެ ފޯވާޑް ލައިންގައި ސްލޮވާކިއާ އިން އެންމެ ސަމާލުވާންޖެހޭ އެއް ކުޅުންތެރިޔަކީ ފޯވަޑް ރޮމެލޫ ލުކަކޫ އެވެ. އެކަމަކު، ލުކާކޫ އަކީ ސްލޮވާކިއާގެ ކެޕްޓަން މިލާން ސްކްރީނިއާ އަށް އާ ކުޅުންތެރިއެއް ނޫނެވެ.

އިންޓަ މިލާންގައި ލުކާކޫއާ އެކު ސްކްރީނިއާ ތިން ސީޒަން ހޭދަކުރިއެވެ. އެހެންކަމުން، ލުކާކޫ އަށް ސްކްރީނިއާ ވަރަށް ބޮޑަށް ސަމާލުވާނެ އެެވެ.

"އަހަރަމެން އެންމެންނަށްވެސް އެނގޭ ލުކާކޫގެ ކޮލިޓީ. އަހަރެން ކޮންމެހެން ބުނަންޖެހޭ ވާހަކަތަކެއް ނޫން އެއީ،" ސްްކްރީނިއާ ބުންޏެވެ.

މިއީ ސްލޮވާކިއާ ޔޫރޯގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. މިހާތަނަށް ޔޫރޯގައި އެ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2016ގެ ޔޫރޯގެ ގަދަ 16ގެ ބުރަށް ދިއުމެވެ.

ބެލްޖިއަމް އާއި ސްލޮވާކިއާ މީގެ ކުރިން ބޮޑު މުބާރާތެއްގައި ވާދަކޮށްފައެއް ނުވެ އެވެ. މި ދެ ޓީމުން އެކުވެރިކަމުގެ މެޗުތަކުގައި ތިން ފަހަރު ބައްދަލުކޮށްފައިވެ އެވެ. އެއް މެޗުން ބެލްޖިއަމް މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ބެލްޖިއަމް އާއި ސްލޮވާކިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox