ބެލިންގްހަމްގެ ލަނޑުން އިންގްލެންޑުން ސާބިއާ ބަލިކޮށްފި

Jun 16, 2024, 9:01 PM
ބެލިންހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބެލިންހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޝާލްކާ، ޖަރުމަނު (ޖޫން 17) - ފުރަތަމަ ހާފުގައި ޖޫޑް ބެލިންހަމް ޖެހި ލަނޑުން އިންގްލެންޑުން 1-0 އިން ސާބިއާ ބަލިކޮށް، މޮޅަކުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

މެޗު ފަށައިގެން އިންގްލެންޑުން ބޯޅަ ކޮންޓްރޯލްކޮށް ސާބިއާގެ ހާފަށް ބާރުބޮޑުކުރިއިރު, މި މެޗުގެ 13 ވަނަ މިނެޓުގައި އިންގްލުންޑުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މިއީ، ބުކާޔޯ ސަކާ ނަގައިދިން ހުރަހެއް, ޖޫޑް ބެލިންގްހަމް ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަހުން، މެޗުގެ 25 ވަނަ މިނެޓުގައި އިންގްލެންޑް އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކައިލް ވޯކާ މުޅިން ހުހަށްހުރެ އޭރިއާ ތެރެއަށް ވަދެ ނަގާދިން ހުރަސް އިންގްލެންޑް ކުޅުންތެރިއަކަށް ނުލިބި ދިޔައީ ބޭރަށެވެ.

Advertisement

ޓްރެންޓް އަލެކްސަންޑަ އާނޯލްޑް މެދުތެެރެއަށް ލައިގެން އިންގްލެންޑުން ކުޅުނުއިރު، ފުރަތަމަ ހާފުގައި އޭނާ އަތުން ގެއްލުނު ބޯޅައެއް ހޯދައި ސާބިއާގެ ކެޕްޓަން، އަލެކްސަންޑަ މިޓްރޮވިޗް ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އިންގްލެންޑްގެ އާނޯލްޑް (ކ) ސާބިއާގެ ގުޑެލް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ

ދެ ވަނަ ހާފު ފަށައިގެން ސާބިއާ އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު, މި ހާފު ފަށައިގެން ފުރަތަމަ 10 މިނެޓު ތެރޭގައި އިންގްލެންޑަށް ރަނގަޅު އެޓޭކެއް އުފެއްދޭ ގޮތް ނުވި އެވެ. އަދި މި ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިގެންދިޔަ އެވެ.

މި ހާފުގައި އިންގްލަންޑުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ މެޗުގެ 76 ވަނަ މިނެޓުގައި އުފެއްދިއިރު, ކޭން މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސާބިއާގެ ކީޕަރު ޕްރީޑޮވިޗް ރަޖްކޯވިޗް އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ.

އޭގެ ފަހުން، މެޗުގެ 82 ވަނަ މިނެޓުގައި ސާބިއާގެ ޑޫސާން ވްލާހޮވިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޖޯޑަން ޕިކްފޯޑް އެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ސާބިއާގެ މިޓްރޮވިޗަށް އިންގްލެންޑްގެ ކިއެރަން ޓްރިޕިއޭ ފައުލެއް ކުރި ކަމަށް ބުނެ، އެ ޓީމުން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox