ރޭގެ ވަގުތެއްގައި ހެންވޭރު ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ބުނީ ހައްޔަރުކުރީ ހަތަރު ދިވެހި ފިރިހެނުން ކަމަށެވެ. ރޭގެ ވަގުތެއްގައި ދެ މީހުން އެކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެވެ.
ފުލުހުން ބުނީ ދަރުބާރުގެ ކައިރީ މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ 10:30 ހާއިރު ކަމަށާއި އެކަކަށް އަނިޔާވި ކަމަށެވެ.
އީދު ބަންދާ ދިމާކޮށް މާލޭގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.











