ޓްރެފިކް ގަވާއިދާ ހިލާފަށް ދެ އުޅަނދެއް ދުއްވައިގެން އެ ދެ އުޅަނދުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މިރޭ މީޑިއާތަކަށް ފޮނުވި މެސެެޖެއްގައި ފުލުހުން ބުނީ މިއަދު ބްރިޖު އެއާޕޯޓު ލައިޓު އިރުން ހުޅަނގަށް ގިނަ އަދަދެއްގެ މީހުން ގަވާއިދާ ހިލާފަށް އަރުވައިގެން ދުއްވި މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އޭގެ އިތުރުން, 18:18 ހާއިރު ހައިވޭގެ ދެކުނުން އުތުރަށް ރެޖިސްޓްރީ ނުކޮށް އޮތް އުޅަނދެއް ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށެވެ. އެ ވެހިކަލް ދުއްވަން އިން ފަރާތުގެ އަތުގައި ލައިސެންސް ވެސް ނެތް ކަމަށް ފުލުހުން ބުނެ އެވެ.
ޕިކަޕެއްގެ ފަހަތަށް ގިނަ ބަޔަކު އަރުވައިގެން ދަތުރުކުރި މަންޒަރު ފެންނަ ވީޑިއޯއެއް ދާދިފަހުން ދައުރުވި އެވެ.












