މަރުވެގެން އޮޔާދިޔަ އަންހެންމީހާ މަރުވުމުގެ ކުރިން އެރީ ބްރިޖަށް ކަން ފުޓޭޖުން އެނގުނު: ފުލުހުން

ސިނަމާލެ ބްރިޖު: ބްރިޖު ކައިރީ ކަނޑުމަތިން މަރުވެގެން އޮޔާ ދަނިކޮށް ފެނުނު އަންހެން މީހާ ބްރިޖަށް އެރީ އެކަނި -- ފޮޓޯ؛ މިރާޝް ނާޝިމް / އަދަދު

ސިނަމާލެ ބްރިޖު: ބްރިޖު ކައިރީ ކަނޑުމަތިން މަރުވެގެން އޮޔާ ދަނިކޮށް ފެނުނު އަންހެން މީހާ ބްރިޖަށް އެރީ އެކަނި -- ފޮޓޯ؛ މިރާޝް ނާޝިމް / އަދަދު

ބްރިޖު ކައިރި ކަނޑުން މަރުވެގެން އޮޔާ ދަނިކޮށް ފެނުނު އަންހެން މީހާ އެންމެ ފަހުން އުޅުނީ ލޯބިވެރިޔާއާއެކު ކަމާއި ސިނަމާލެ ބްރިޖުން އެކަނި ދިޔަކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ އިންސްޕެކްޓާ މުހައްމަދު ސާމިހު ވިދާޅުވީ އެ އަންހެން މީހާއާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ އިތުރުން އެހެން ފިރިހެނަކާއެކު މެއި 25، ވަނަ ދުވަހު (އޭނާގެ ހަށިގަނޑު އޮޔާ ދަނިކޮށް ފެނުނު ދުވަހު) މާލޭގެ މަގުތަކުގައި އުޅެފައިވާކަން ސީސީޓީވީ ފުޓޭޖުތަކުގެ އެހީގައި ދެނެގަނެވިފައިވާ ކަމަށެވެ.

މަރުވި މީހާ ލޯބިވެރިޔާއާއެކު އުޅުމަށްފަހު ސިނަމާލެ ބްރިޖަށް އަރައިގެން އެދުވަހުގެ 11:27 ހާއިރު ހިނގާފައި ދިޔައީ އެކަނިކަން ސީސީޓީވީ ފުޓޭޖުން އެނގޭ ކަމަށާއި، އެއަށްފަހު އޭނާ ދިރިހުއްޓާ ފެނިފައި ނުވާ ކަމަށް ސާމިހު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ ފުލުހުން ކުރި މަސައްކަތުން މަރުވި މީހާއަކީ ނޭޕާލްއަށް ނިސްބަތްވާ 25 އަހަރުގެ އަންހެނެއްކަން އެނގިފައިވާ ކަމަށާއި އަދި އޭނާ އަކީ މެއި، 1 އިން ފެށިގެން ރާއްޖެ އައިސް ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުންދިޔަ މީހެއްކަން ވެސް އެނގިފައިވާ ކަމަށެވެ.

"ނިޔާވި އަންހެން މީހާ އުޅުނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިރިހެން މީހާއެކު ގެސްޓްހައުސްއެއްގައިކަން ތަހުގީގުގައި ވަނީ ފާހަގަކުރެވިފައި. މި މަރަކީ އިތުރު ފަރާތެއްގެ ސީދާ ބައިވެރިވުމެއް އޮވެގެން ހިނގާފައިވާ މަރެއް ކަމަށް ނުބެލެވޭ،" ސާމިހު ވިދާޅުވި އެވެ.

ބްރިޖު ކައިރިން މި އަންހެން މީހާ އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މެއި 25، ވަނަ ދުވަހު އެވެ. އަދި ފުލުހުން އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox