އާމްދަނީ ލިބޭ މީހަކު ނިކަމެތިންގެ ލިސްޓުގައި ހައްޖަށް: ޝަހީމް ވިދާޅުވީ ލިސްޓު ހެދީ ކުރީ ސަރުކާރުން ކަމަށް

އާމްދަނީ ލިބޭ މީހަކު ނިކަމެތިންގެ ލިސްޓުގައި ހައްޖަށް: ޝަހީމް ވިދާޅުވީ ލިސްޓު ހެދީ ކުރީ ސަރުކާރުން ކަމަށް

ދެ ވަޒީފާ އަދާ ކުރާ މީހަކު ނިކަމެތިންގެ ލިސްޓުގައި ޖަހައިގެން ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށްފަހު އެ ގޮތަށް ކަންތައް ދިމާވީ ކުރީ ސަރުކާރުން ހެދި ފަގީރުންގެ ލިސްޓަކަށް ބަލައިގެން މީހުން ހައްޖަށް ފޮނުވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމް ޓީޗަރެއްގެ ވަޒީފާ އަދި އިމާމެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ މީހަކު ނިކަމެތިންގެ ލިސްޓުގައި ޖަހައިގެން ހައްޖަށް ފޮނުވިކަން އެނގުނީ ޕީއެސްއެމްއިން އޭނާގެ އިންޓަވިއުއެއް ގެނެސްދިނުމުންނެވެ. އެއާއެކު ސަރުކާރަށް އަންނަނީ ގިނަ ފާޑުކިޔުން އަމާޒުވަމުންނެވެ.

އެ މައްސަލައިގައި ކޮމެންޓެއް ހޯދަން މި ނޫހުން ޝަހީމްއަށް ގުޅުމުން ފޯނު އަދި މެސެޖަށް ޖަވާބެއް ނުދެއްވި އެވެ. ނަމަވެސް އެހެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމަށް މިފަހަރު ނިކަމެތިން ހައްޖަށް ފޮނުވީ ނޮވެމްބަރު 16، 2023، ގައި ނިމުނު ސަރުކާރުން ހެދި ލިސްޓަކަށް ބަލައިގެން ކަމަށެވެ.

"ތިއީ ކުރީ ސަރުކާރުގައި އެކުލަވާލާފައި އޮތް ލިސްޓެއް. އަަޅުގަނޑުމެން ހަވާލުވިއިރު ވެސް އޮތް ލިސްޓެއް،" އެ އިންޓަވިއުގައި ޝަހީމް ވިދާޅުވި އެވެ. "އެކަން ހިނގާފައިވާ ގޮތް ބަލަމުންދަނީ."

ޝަހީމް އެހެން ވިދާޅުވި ނަމަވެސް ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް މި އަހަރު ހުރިހާ ރަށު ކައުންސިލެއް ކަހަލަ ގޮތަކަށް ވަނީ އިއުލާނުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ ފަގީރުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ޖެނުއަރީ، 2024، ގައި އިސްލާމިކް މިނިސްޓްރީން ވެސް އޮތީ އިއުލާނެއްކޮށްފަ އެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ފަސް އަހަރު ތެރޭ 1000 މީހުން ހިލޭ ހައްޖަށް ފޮނުވާނެ ކަމަށެވެ. ފޮނުވާނީ ނިކަމެތިން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. އޭގެ ތެރެއިން މި އަހަރު ހައްޖަށް ފޮނުވަން ނިންމީ 50 މީހުންނެވެ.

ނިކަމެތިން ހައްޖަށް ފޮނުވާ މައްސަލައިގައި ބައެއް ދީނީ އިލްމުވެރިންގެ ފަރާތުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން، ހައްޖު ވާޖިބު ވަނީ އެކަމަށް މާލީ ގޮތުން ވެސް ކެރިކުޅަދާނަ ބަޔަކަށްވާތީ، ހަައްޖު ވާޖިބު ނޫން ބަޔަކު ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވުން އެންމެ ރަނގަޅު ނޫން ކަމަށް ބައެއް އިިލްމުވެރިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox