ޔޫކްރެއިންގައި ހަނގުރާމަ ކުރަން ދާން ޑެންމާކް ރައްޔިތުންނަށް ހުއްދަ އެބަ އޮތް: ބޮޑު ވަޒީރު

ޑެންމާކްގެ ބޮޑު ވަޒީރު މެޓް ފްރެޑެރިކްސަން. -- ފޮޓޯ: އޭއެފްޕީ

ޑެންމާކްގެ ބޮޑު ވަޒީރު މެޓް ފްރެޑެރިކްސަން. -- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމުގެ ހުއްދަ ޑެންމާކްގެ ރައްޔިތުންނަށް އެބަ އޮތް ކަމަށް ބޮޑު ވަޒީރު މެޓް ފްރެޑެރިކްސަން ވިދާޅުވެއްޖެ އެވެ.

"އެއީ ކޮންމެ މީހަކަށް ވެސް އޮތް އިހްތިޔާރެއް. މި ތަނުގައި ދިރިއުޅޭ ޔޫކްރެއިން ރައްޔިތުން ވެސް ބޭނުން ނަމަ ދާންވީ. އަދި މި ތަނުގައި އުޅޭ އެހެން މީހުން ވެސް ބޭނުން ނަމަ ސީދާ ހަނގުރާމައަށް ދާންވީ،" ޕްރެސް ކޮންފެރެންސެއްގައި އެކަމަނާ ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތް ކަމަކަށް ނުފެނޭ."

އާދީއްތަ ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގޮވާލެއްވީ ޔޫކްރެއިންގެ ދިފާއުގައި ހަނގުރާމައަށް އައުމަށެވެ.

ޔޫކްރެއިންގެ އެމްބަސީތަކުގައި ރަޖިސްޓްރީވެގެން "ބައިނަލްއަގްވާމީ ބްރިގޭޑް"ގެ ވޮލަންޓިއަރަކަށްވެ، ރަޝިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރެވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

އޭގެ ކުރިން ވެސް ޒެލެންސްކީ ވަނީ ހަނގުރާމައިގެ ތަޖުރިބާ ހުރި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ޔޫކްރެއިނަށް އައިސް އެހީވެދިނުމަށް ގޮވާލައްވާފަ އެވެ.

އާދީއްތަ ދުވަހު ކޯޕެންހޭގަންގައި ހުންނަ ރަޝިއާ އެމްބަސީ ކުރި މައްޗަށް 10،000 އަށް ވުރެ ގިނަ މީހުން އެއްވެ ކުރި މުޒާހަރާގައި ޑެންމާކްގެ ބޮޑު ވަޒީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"ރަޝިއާގެ ސަބަބުން ނުރައްކާ ވަނީ ތި އެންމެންނަށް. މުޅި ޔޫރަޕަށް،" އެ މުޒާހަރާގައި ވާހަކަދައްކަވަމުން ފްރެޑެރިކްސަން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

މެގަސްޕީޑުން އެލިސް ހުއާން 2025 ގައި ވަކިވެފައިވޭ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތު ކުރެވޭ އެލިސް ހުއާން، މެގަސްޕީޑް ކުންފުނީގެ މަގާމުން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، އެމެރިކާގެ އެކްސްޕޯޓް ގަވާއިދުތަކާ ހިލާފަށް ޗައިނާއަށް އޭއައި ޗިޕްތައް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި މެގަސްޕީޑުން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައެވެ.

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox