ފުލުހުން އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރަނީ

ފުލުހުންގެ މައި އިދާރާ: ފުލުހުންގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރަން ވަނީ ނިންމާފަ - ފޮޓޯ: އަދަދު

ފުލުހުންގެ މައި އިދާރާ: ފުލުހުންގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރަން ވަނީ ނިންމާފަ - ފޮޓޯ: އަދަދު

ސްކޭމްތަކުން މީހުން ސަލާމަތްކޮށް އެ ކުށްކުރާ މީހުން ހޯދުމަށް ހާއްސަކޮށް އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރަން ފުލުހުންގެ އިދާރާއިން ނިންމާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ހިދުމަތުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ ގުޅޭގޮތުން މިރޭ ޕަބްލިކް ސާވިސް މީޑިއާގެ ޕްރޮގްރާމެއްގައި ޝިފާން ވިދާޅުވީ މަސްތުވާތަކެއްޗަށްފަހު ދިވެހިން މިހާރު އެންމެ ކަންބޮޑުވަނީ ސްކޭމްގެ ކުށްތަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން އެބަ އެސްޓަބްލިޝްކުރަން ވަރަށް އަވަހަށް މި ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިން އެންޓި ސްކޭމް ސެންޓަރެއް، ދެން އެންޓި ސްކޭމް ސެންޓަރަކީ މިއީ އަޅުގަނޑުމެން ހަމައެކަނި އިންވެންޓުކުރާ އެއްޗެއް ނޫން، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިހާރު މަސައްކަތް ކުރާ ކޮންސެޕްޓެއް މިއީ،" ޝިފާން ވިދާޅުވި އެވެ.

މި ސެންޓަރު ގާއިމުކުރެވުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހުށަހެޅޭ ސްކޭމްގެ މައްސަލައެއްގައިވިޔަސް ފުރަތަމަ ރެސްޕޮންސް ދޭނީ އެ ސެންޓަރުންނެވެ.

"ވިކްޓިމައިޒް ވެފަ ހުންނަ މީހަކު އިތުރަށް ވިކްޓިމައިޒް ނުވަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ކުރާނެ، ބޭންކުތަކާ ގުޅިގެން އެ މީހާއަށް ހިމާޔަތްދީ އެމީހާއަށް ކޮށްދެންޖެހޭ ކަންކަން ކުރުމަށްޓާކާ [އެންޓި ސްކޭމް ސެންޓަރު ހާއްސަވަނީ]،" ފުލުހުންގެ ތަރުޖަމާނުގެ ގޮތުގައިވެސް ހުންނެވި ޝިފާނު ވިދާޅުވި އެވެ.

ސީދާ ވަކި ތާރީހެއް ނުދެއްވިޔަސް އޭނާ ވިދާޅުވީ އެ ސެންޓަރު ވަރަށް އަވަސް މުސްތަގުބަލެއްގެ ތެރޭގަިއ ގާއިމުކުރެވޭނެ ކަމަށެވެ.

ސްކޭމްތަކުގެ މައްސަލަތަކުގެ ރެކޯޑް ފުލުހުން ބަލަހައްޓަން ފެށީއްސުރެ މިހައިތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށްވުރެ އިތުރެވެ.

"2021 އިން ފެށިގެން އަޅުގަނޑުމެން ރިކޯޑު ބަލަހައްޓަން ފެށިއިރުގައި މިހައިތަނަށް އަޅުގަނޑުމެންނަށް ހުށަހެޅިފައި އެބައޮތް 28،003 މައްސަލައެއް، 28،003 ސްކޭމްގެ އެކި ބާވަތުގެ މައްސަލަތައް ހުށަހެޅިފައިވާއިރު އޭގެ ޖުމުލަ ގެއްލުން 57.8 މިލިއަން ވަރު އެބައުޅޭ، އެއީ ހަމައެކަނި ދިވެހި ފައިސާއިން އަދި ޑޮލަރު ވެސް އެބަހުރި، 64 ލައްކަ ޑޮލަރު ގެއްލިފައި ޖުމުލަ ޓޯޓަލް އަދަދު،" ޖެނުއަރީ 31، ގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox