މީހުން ރަހީނު ކުރުމަށް ފަހު ބަރަހަނާކޮށް ބިރު ދައްކައިގެން ފައިސާ ފޭރޭ ދެމަފިރިއަކު ބަންދަށް

ކްރިމިނަލް ކޯޓު އިމާރާތް: މީހުން ރަހީނުކޮށްގެން ފައިސާ ހޯދާ ކަމަށް ތުހުމަތުކުރާ ދެމަފިރިއަކު ބަންދުކޮށްފި - ފޮޓޯ: އަދަދު ފައިލް

ކްރިމިނަލް ކޯޓު އިމާރާތް: މީހުން ރަހީނުކޮށްގެން ފައިސާ ހޯދާ ކަމަށް ތުހުމަތުކުރާ ދެމަފިރިއަކު ބަންދުކޮށްފި - ފޮޓޯ: އަދަދު ފައިލް

މީހުން ރަހީނުކުރުމަށް ފަހު ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައިގެން، ބިރު ދައްކައި ފައިސާ ފޭރޭ ކަމަށް ތުހުމަތުކޮށް ދެމަފިރިއަކު ބަންދުކޮށްފި އެވެ.

މި ދެ މީހުން ހައްޔަރުކުރީ މެއި 26, ގަ އެވެ. އޭރު ފިރިމީހާގެ ބަންދަށް 15 ދުވަސް އަދި އަނބިމީހާގެ ބަންދަށް 10 ދުވަސް ޖެހި އެވެ.

އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް ޖެހި އެވެ.

Advertisement

ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބިރު ދެއްކުން، ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުން، އޮރިޔާން ކާޑު އުފެއްދުން، އަދި ފޭރުމެވެ.

އެ ކޯޓު އަމުރުން އެނގުނު ގޮތުގައި އެއީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގައި ދިރިއުޅޭ އަންހެނެކެވެ. އަދި އެއީ އުމުރުން 39 އަހަރުގެ އަންހެނެކެވެ. ފިރިހެން މީހާއަކީ 40 އަހަރުގެ މީހެކެވެ.

އޭނާގެ ފިރިމީހާ ވެސް ހައްޔަރުކޮށްފައިވާ ކަން، ބަންދު ކުރަން ކުރިއަށް ދިޔަ މަޖިލީހުގެ އަޑުއެހުމުގައި ފުލުހުން ބުނި ކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ. ފިރިމީހާގެ ބަންދު އަމުރެއް އަދި ނެތެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ތުހުމަތު ކުރަނީ މި ކުށުގެ އަމަލުގައި ދެމަފިރިންނާއެކު އިތުރު ބަޔަކު ވެސް ބައިވެރިވެ އެވެ. އެއީ ޖަމާއަތެއް ހަދައިގެން ހިންގާ ކުށެއް ކަމަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

މި ފަހަކަށް އައިސް، މީހުންނަށް އޮޅުވާލައިގެން އެޕާޓްމަންޓަކަށް ގެންގޮސް މިފަދަ ގޮތަކަށް ބިރު ދައްކައިގެން ފޭރޭ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ހިޔާ ފްލެޓް ސަރަހައްދުގެ އެޕާޓްމަންޓަކަށް ކުއްޔަށް ދޫކުރާ ތަނެއް ކަމަށް ބުނެ މީހުން ގެންގޮސް ފޭރެން އުޅެނިކޮށް ބަޔަކު އެ ގްރޫޕް ހޯދައި ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ.

އޭގެ ކުރިން މިދިޔަ ހުކުރު ދުވަހު ވެސް ހިޔާގެ އެޕާޓްމަންޓެއްގައި އުޅޭ އަންހެނަކާއި ފިރިހެނެއް ބަންދުކޮށްފައިވެ އެވެ. އެ މީހުނަށް ވެސް ތުހުމަތުކުރަނީ މީހުން ރަހީނުކޮށް ބިރު ދައްކައިގެން ފޭރެން އުޅުނު ކަމަށެވެ.

މިދިޔަ މަހު ފަހުކޮޅު ފުލުހުން ބުނެފައިވަނީ އެކި ވާހަކަ ދައްކައި ހައްދާލައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރެއްގެ އެޕާޓްމަންޓުތަކަށް މީހުން ގެންގޮސް ފޭރޭ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ކަން ވަރަށް އާންމު ކަމަށާއި، ގިނަ މައްސަލަތަކެއް ފުލުހަށް ރިޕޯޓުކުރާތާ މަސްތަކެއް ވެއްޖެ ކަމަށް ހިޔާ ފްލެޓް ސަރަހައްދުގައި އުޅޭ ބައެއް މީހުން ކިޔައިދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox