ފުލުހުންގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފުތިތާހުކޮށްފި

ކުރިއަށް އޮތް ފަސް އަހަރު ފުލުހުން އަމަލު ކުރާނެ ގޮތުގެ ސްޓްރެޖިކް ޕްލޭން މިނިސްޓަރު އިހުސާން އިފުތިތާހު ކޮށްދެއްވަނީ -- ފޮޓޯ: ފުލުހުން

ކުރިއަށް އޮތް ފަސް އަހަރު ފުލުހުން އަމަލު ކުރާނެ ގޮތުގެ ސްޓްރެޖިކް ޕްލޭން މިނިސްޓަރު އިހުސާން އިފުތިތާހު ކޮށްދެއްވަނީ -- ފޮޓޯ: ފުލުހުން

ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން މިއަދު ރަސްމީކޮށް އިފުތިތާކޮށްފި އެވެ.

އިސްކަންދަރު އިމާރާތުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިޔާތު އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މިއަދު އިފުތިތާހު ކުރި ސްޓްރެޓެޖިކް ޕްލޭންގައި ކުރިއަށް އޮތް ފަސްއަހަރު އިސްކަންދޭނެ މުހިންމު ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ.

Advertisement

އެގޮތުން ރާއްޖެއަކީ ރައްކާތެރި ގައުމަކަށް ހަދަން ފުލުހުންގެ މަރުކަޒީ އަދި ސަރަހައްދީ ގާބިލުކަން ހަރުދަނާކޮށް މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ހަރަކާތްތެރިވެ ގޭންގު މާރާމާރީތައް ހުއްޓުވުން ޕްލޭންގައި ހިމަނައިފައިވެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އިންސާނީ ވަގުފާރި ހުއްޓުވުމުގެ އިތުރުން ވައްކަމާއި ފޭރުމާއި މަކަރާއި ހީލަތް ހެދުން އަދި ޓްރެފިކް ގަވާއިދާ ހިލާފުވުން ހުއްޓުވުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެ ޕްލޭންގައި ހިމަނާފައިވެ އެވެ.

ސައިބާ ކްރައިމްއާއި ޓެރަރިޒަމް އާއި ވައިލެންޓް އެކްސްޓްރީމިޒަމްގެ އިތުރުން ގެވެށި އަނިޔާއާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ޕަބްލިކް ޑިސްއޯޑާ ހިމެނޭހެން ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތް ކުރުމަށް ޕްލޭންގައި ހިމަނައިފައިވެ އެވެ.

އެ ޕްލޭންގައި ދެން ހިމަނައިފައި ވަނީ ފުލުހުންނާއި މުޖުތަމައުއާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކޮމިއުނިޓީ ޕޮލިސިން މޮޑެލެއް ތައާރަފުކޮށް އޭގެތެރެއިން ފުލުހުންގެ ހިދުމަތް ތަރުތީބުކޮށް މަސައްކަތް ކުރުމަށެވެ.

އޭގެ އިތުރުން ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މަގުފަހި ކޮށްދޭނެ ދިގުރާސްތާ ޕްލޭނެއް އެކުލަވައިލައި ތަންފީޒު ކުރުމާއި ހުރިހާ ޑިޕާޓުމެންޓެއް ގުޅިގެން ފުލުހުންގެ ތެރޭގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރެވޭނެ ސަގާފަތެއް އުފެއްދުން ވެސް އެ ޕްލޭންގައި ހިމަނައިފައިވެ އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭންގައި ދެން ހިމެނެނީ ފުލުހުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ބޭނުމުގައި ފުލުހުންގެ ތެރޭގައި ގާއިމު ކޮށްފައިވާ ޑިޕާޓުމެންޓުތަކާއި ސިސްޓަމްތަކާއި ޕްރެސްތަކާއި ގަވާއިދުތަކުގެ އިތުރުން ޕޮލިސީ އަދި ޕްރޮސީޖަރުތައް ރިވިއުކޮށް ރަނގަޅު ކުރަން އިސްކަން ދިނުމާއި ކޯ ޕޮލިސިން ފަންކްޝަންތައް ހަރުދަނާ ކުރުމެވެ.

އެންމެފަހު ކަމަކަށް ޕްލޭންގައި ހިމަނައިފައި ވަނީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ހިދުމަތަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތަކަށް ހަދައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ނަޒާހަތްތެރިކަމުގެ ސަގާފަތެއް އުފެއްދުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއުއާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް، އިސްމާއީލް ނަވީންއާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް، ފަރުހާދު ފިކުރީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox