އިގުތިސާދު ފުޅާވުމުން، ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަވެއްޖެ

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި ކޮންޓެއިނަރުތަކެއް، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިގުތިސާދީ ހަރަކާތަކީ އިމްޕޯޓް މުދާ ވިއްކުން، ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި ކޮންޓެއިނަރުތަކެއް، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިގުތިސާދީ ހަރަކާތަކީ އިމްޕޯޓް މުދާ ވިއްކުން، ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިދިޔަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ރާއްޖޭގެ އިގުތިސާދު ފުޅާވީ މިންވަރަށް ވުރެ، ރާއްޖެއިން ދަރަންޏަށް ހޯދި ފައިސާގެ އަދަދު ނިސްބަތުން މަދުވުމުން، ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި ކުޑަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ކުއާޓާލީ ބުލެޓިންގައިވާ ގޮތުން ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި މިހާރު ހުރީ 110.1 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދަރަނީގެ ނިސްބަތް ހުރީ 116.5 ޕަސެންޓްގައި ކަމަށް ވާތީ މިއީ 6.4 ޕަސެންޓްގެ ދަށްވުމެކެވެ.

ދަރަނީގެ ނިސްބަތް މިގޮތަށް ދަށްވި އިރު ރާއްޖޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) 107.2 އިން 114.6 އަށް ވަނީ މަތިވެފަ އެވެ. އޭގެ މާނައަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރަށް އައި އިރު އިގުތިސާދު ބޮޑުތަނުން ފުޅާވުމެވެ.

ފިނޭންސްގެ ބުލެޓިންގައިވާ ގޮތުން މިއަހަރުގެ ފުރަތަަމަ ކުއާޓަރުގައި އެތެރޭގެ ދަރަންޏަށް 62.9 މިލިޔަން ރުފިޔާ އިތުރުވި އިރު އެތެރޭގެ ދަރަންޏަށް 1.4 ބިލިޔަން އިތުރުވި އެވެ. އެތެރޭގެ ދަރަންޏަކީ އާންމު ގޮތެއްގައި ރާއްޖޭގެ ކުންފުނިތަކަށް ބޮންޑް ވިއްކައިގެން ހޯދާ ފައިސާ އެވެ.

ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން ދަރަނި އަދާކުރަން ހަރަދު ކުރި ފައިސާ (ޑެޓް ސާވިސް) އަށް ވެސް މި ކުއާޓަރުގައި ހަރަދުކުރި ފައިސާ ބޮޑުތަނުން އިތުރުވި އެވެ. ބޭރުގެ ދަރަނި އަދާކުރަން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 655.2 މިލިޔަން ރުފިޔާ ހަރަދު ކުރި އިރު މިއަހަރު 995.2 މިލިޔަން ރުފިޔާ ހަރަދުކުރި އެެވެ.

އެތެރޭގެ ދަރަނި އަދާކުރަން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 862.8 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.2 ބިލިޔަން ރުފިޔާ ހަރަދުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox