ބުދަ ދުވަހު ކ. މާފުށިން މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރީ މާފުށީ ޖަލު ކައިރިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ކަމަށެވެ. އޭގެ ބަރުދަނުގައި 38.4 ގްރާމް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
މިއީ ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށްވާއިރު ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދަށް 10 ދުވަސް ޖަހައި ފުލުހުން ގެންދަނީ މިހާރު މައްސަލަ ތަހުގީގު ކުރަމުންނެވެ.











