މޫސަގެ މަރު: ސައްމާހު ބަންދު ނުކުރުމަށް ހައި ކޯޓުން އަނެއްކާ ވެސް ނިންމައިފި

ސައްމާހު ހައި ކޯޓުގެ ޝަރީއަތުގައި: ސައްމާހު ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި

ސައްމާހު ހައި ކޯޓުގެ ޝަރީއަތުގައި: ސައްމާހު ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި

މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދުގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި އެވެ.

ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23، ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން ބަންދުގެ އަމުރެއް ނެރެނުދިނެވެ. ދައުލަތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. ސުޕްރީމް ކޯޓުން ދެން ހުކުމްކުރީ ހައި ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ.

ހައި ކޯޓުގައި ހިނގަމުންދާ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ނުކުރުމަށް ހައި ކޯޓުން މިއަދު ވެސް އަމަރުުކުރީ، ސުޕްރީމް ކޯޓުގެ އެންގުމުގެ މަތިން އަލުން ގޮތެއް ނިންމުމަށް ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ދީފަ އެވެ.

ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންނެވެ.

ސައްމާހު ބަންދު ނުކުރުމަށް އަމުރު އިއްވީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު މާނިއު އަދި ފަނޑިޔާރު ފައިސަލް ތާއީދު ކުރެއްވި ގޮތެވެ.

ފަނޑިޔާރު މާނިއުގެ ރައުޔަކީ ބަންދުގައި ބެހެއްޓުމަށް ބަލާއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމުގައިވީނަމަވެސް، މީހަކު ބަންދުކުރެވޭނީ ހެކި ހުރުމުގެ އިތުރުން، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބުތަކުން ކުރެ ސަބަބެއްވބެސް އޮވެގެންކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި އެ ހާލަތު ވުޖޫދުވެފައިވާކަމަށް ބެލޭކަށް ނެތްކަމަށެވެ.

ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރަނީ، އެ މާއްދާގައި ބަޔާންކުރާ ސަބަބުތަކުން ކުރެ ސަބަބެއް އޮވެގެން މެނުވީ، ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން އެއްވެސް މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ.

ތަފާތުވީ ފަނޑިޔާރު ފަރުހީޒާގެ ރައުޔަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމަށް ބެލުމުން ވެސް މުޖުތަމައަށް އޮތް ނުރައްކާ ފާހަގަކޮށްފައިވާތީ އަލުން ގޮތެއް ނިންމުމަށް އެންގީ އެ ކަމަށް ރިއާޔަތްކޮށް ގޮތެއް ނިންމުމެއް ކަން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުން މި މަހު ނުވަ ވަނަ ދުވަހު ސައްމާހު ވަގުތީ ގޮތުން ބަންދުކުރަން ހަތް ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގައި ގޮތެއް ނިންމަން ވެސް ހައި ކޯޓުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އެކަމަކު ހައި ކޯޓަށް ލިބުނު އަމުރުގައި މުއްދަތު ނެތުމުން އޮޅުންތަކެއް އަރައި އެ މުއްދަތުގައި ގޮތެއް ނުނިންމި އޭނާ ބަންދުން ދޫވި އެވެ. ހައި ކޯޓުގައި އަޑުއެހުން ނުބޭއްވުނު އަނެއް ސަބަބަކީ ފަނޑިޔާރުން ޗުއްޓީގައި ތިބުމުންނެވެ.

މި މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް އިސްތިއުނާފު ކުރުމާ މެދު ދައުލަތުން އަދި ގޮތެއް ނުނިންމަ އެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox