ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މާހިރު، އަހުމަދު ހާފިޒް އަވަހާރަވެއްޖެ

ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މާހިރު، އަހުމަދު ހާފިޒް އަވަހާރަވެއްޖެ

ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މާހިރު، އަހުމަދު ހާފިޒު އަވަހާރަވެއްޖެ އެވެ.

އަހުމަދު ހާފިޒު އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި އައިޖީއެމްއެޗުގަ އެވެ. ނަމަވެސް އަވަހާރަވީ ކޮން ސަބަބެއް މެދުވެރިވެގެން ކަމެއް އަދި ނޭނގެ އެވެ.

ހާފިޒް ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން ދިރާގުގެ ބޯޑު މެންބަރުކަން ކުރައްވައިފަ އެވެ. އޭގެއިތުރުން އޭނާ އަކީ ރާއްޖޭގެ މެރިން ރިސާޗް ސެންޓަރު އުފެދުނީއްސުރެއް އެތަނުގައި ހިދުމަތް ކުރައްވަމުން ގެންދެވި އިލްމީ ބޭފުޅެކެވެ. އޭނާ ވަނީ 1999 އިން 2004 އަށް އެ ސެންޓަރުގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. އަދި އޭނާ އަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

Advertisement

ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މާހިރެއްގެ ގޮތުގައި ފާހަގަކުރެވޭ ހާފިޒްގެ ނަމުން ފަރު މަހަކަށް ނަން ވެސް ދީފައިވެ އެވެ.

ހާފިޒް ވަނީ ކަނޑުއަޑީގެ ދިރުންތަކާއި މަސްމަހާމެއްސާ ގުޅޭގޮތުން ވަރަށް ބައިވަރު އިލްމީ ދިރާސާތައް ކުރައްވައި ލިޔުންތައް ވެސް ޝާއިއު ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވަނީ ދިވެހިރާއްޖޭގައި އާންމުކޮށް ބާނައި އުޅޭ މަސްމަހާމެއްސާ ގުޅޭގޮތުންނާއި މަސްވެރިކަންކޮށް ދިވެހީން ކުރިން އުޅުން ގޮތްތައް ވެސް ދިރާސާ ކުރައްވައި ލިޔުންތައް ޝާއިއު ކުރައްވައިފަ އެވެ. އޭގެއިތުރުން އޭނާ ވަނީ އެ މައުލޫގައި ބައިވަރު ފޮތްތައް ވެސް ލިޔުއްވައިފަ އެވެ.

އެގޮތުން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ކޮމަން ރީފް ފިޝަސް އޮފް މޯލްޑިވްސް 1،2 އަދި 3 އާއި މޯލްޑިވްސް ޑައިވާސް ޕެރަޑައިސް ހިމެނެ އެވެ.

އީޕީއެސް ސްކޫލުން ތައުލީމު ހާސިލު ކުރެއްވި ހާފިޒް މެރިން ބަޔޮލޮޖީ އިލްމުގެ ތެރެއަށް ވަދެވަޑައިގެންނެވީ 1981 ވަނަ އަހަރު އޭރުގެ ސަރުކާރުން ދެއްވި ޓްރޭނިން ކޯހެއްގައި ތައިލެންޑަށް ވަޑައިގެން ކަނޑުގައި އުޅޭ މަސްމަހުގެ އަދަދުތައް ދެނެގަތުމާބެހޭ (ސްޓޯކް އެސެސްމަންޓް) ކޯހެއް ފުރުއްވި އެވެ. އޭގެފަހުން 1985 ގައި ކޮރެއާގައި ބޭއްވި ސްޓޮކް އެސެސްމެންޓު ކޯހެއްގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.

މަސްވެރިކަމަށް ހާފިޒް ކޮށްދެއްވަމުން ގެންދެވި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 1991 ވަނަ އަހަރު ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ވަނީ މަސްވެރިކަމަށް ހިދުމަތް ކުރުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ވެސް އޭނާއަށް ދެއްވައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓްސް ޑިވިޝަންގެ އެސިސްޓެންޓް ސްޓެޓީޝަނެއްގެ ގޮތުގައި 1981، މެއި 30، ގައި ދައުލަތަށް ހިދުމަތްކުރައްވަން ފެށްޓެވި ހާފިޒް 33 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތުގައި ދެމިހުންނެވި އެވެ.

އަދާކުރެއްވި މަގާމުތައް

  • ފިޝަރީޒް އެސިސްޓެންޓް
  • ފިޝަރީޒް ރިސާޗް އޮފިސަރް
  • ސީނިއާ ފިޝަރީޒް ރިސާޗް އެންޑް ޑިވެލޮޕްމެންޓް އޮފިސަރް
  • އެސިސްޓެންޓް ޑިރެކްޓަރް
  • ޑެޕިއުޓީ ޑިރެކްޓަރް
  • ޑިރެކްޓަަރް ޖެނެރަލް (ފިޝަރީޒް މިނިސްޓްރީ)
  • ޑިރެކްޓަރް ޖެނެރަލް ( ޑިފެންސް މިނިސްޓްރީ)
  • ޑިފެންސް މިނިސްޓަރުގެ ނައިބުކަން
  • ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ
  • ފިޝަރީޒް މިނިސްޓަރުގެ ނައިބުކަން
  • ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

މަސްވެރިކަމާއި ކަނޑުގެ ދިރުންތަކުގެ އިލްމުގެ އިތުރުން ހާފިޒްއަކީ ކުޅިވަރުގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ކްލަބް ވެލެންސިއާއަށް ގޯލް ކީޕަރެއްގެ ގޮތުގައި ކުޅުމުގެ އިތުރަށް ބާސްކެޓު ބޯޅަ އެސޯސިއޭޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox