ސިނަމާލެ ބްރިޖް ކައިރިން އޮޔާދިޔަ އަންހެން މީހާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފި އެވެ.
އައިޖީއެމް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ސިނަމާލެ ބްރިޖް ކައިރިން މީހަކު އޮޔާދާކަމުގެ މައުލޫމާތު ލިބުނީ 12:35 ހާއިރު ކަމަށާއި، އެމީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް, އެމީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހަމައެއް ނުކުރެ އެވެ. މިގޮތުން އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން މިހާތަނަށް ކަށަވަރު ކުރެވިފައި ނުވެ އެވެ.
ބްރިޖު ސަރަހައްދަށް ރާޅާއަޅަން މީހުން ވަރަށް ގިނައިން އެރެ އެވެ. ނަމަވެސް މި ދުވަސްވަރު މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.













